އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު 17.5 ބިލިއަން ރުފިޔާއަށް ކުޑަކުރަން ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާކަމަށް ބައެއް މީޑިއާތަކުގައި ފަތުރާފައިވާ ޚަބަރު ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު ދޮގުކުރައްވައިފި އެވެ.

ސަން އަށް މައުލޫމާތު ދެއްވަމުން ފިނޭންސް މިނިސްޓަރު ޖިހާދު މިރޭ ވިދާޅުވީ ދައުލަތުގެ ބަޖެޓް 18 ބިލިއަން ރުފިޔާ އަށް ބޮޑުކުރަން ބަޖެޓް ކޮމިޓީން ނިންމާފައި ވަނިކޮށް، 17.5 ބިލިއަން ރުފިޔާ އަށް ބަޖެޓު ކުޑަކުރަން ސަރުކާރުން ހުށަހެޅިކަމަށް ބައެއް މީޑިއާތަކުގައި ފަތުރާފައިވާ ޚަބަރަކީ ދޮގެއް ކަމަށެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު 17.5 ބިލިއަން ރުފިޔާއަށް ކުޑަކުރަން ސަރުކާރުން ހުށަހަޅާފައިވާ ކަމަށް ބުނެ ބައެއް މީޑިއާތަކުގައި ރިޕޯޓުކޮށްފައި ވަނީ ބަޖެޓު ކޮމެޓީގެ މެމްބަރަކާ ހަވާލާދެއްވަ އެވެ.

ރައްޔިތުންގެ މަޖިލީހުގައި ސަރުކާރު ތަމްސީލްކުރާ މެމްބަރުން ވިދާޅުވެފައި ވަނީ މިފަހަރުގެ ބަޖެޓަކީ ރައީސް ޔާމީންގެ ވައުތުދައް ފުއްދޭނެ ބަޖެޓަކަށް ވާންޖެހޭނެ ކަމަށެވެ.