19 Dec 2013, 13:53
އަންނަ މަހު ބޭއްވުމަށް ހަމަ ޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީން ވާދަކުރައްވާ ކެންޑިޑޭޓުނަށް އަމާޒުކޮށްގެން ކެމްޕެއިން ހަރަކާތްތައް ކުރިއަށް ގެންދާނެ ގޮތުގެ ތަމްރީން ޕޮރްގުރާމްތަކެއް ހިންގުމަށް ނިންމައިފި އެވެ.
ލޯކަލް ކައުންސިލް އިންތިހާބުގެ އެމްޑީޕީގެ ކެމްޕެއިން ތަރުޖަމާނު މުހައްމަދު ޝިހާބު ވިދާޅުވީ ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީގެ ޓިކެޓްގައި ވާދަކުރާ ހުރިހާ ކެންޑިޑޭޓުނަށް އަމާޒުކޮށްގެން ބާއްވާ ތަމްރީން ފޮރްގުރާމް ބާއްވަން ހަމަ ޖެހިފައިވަނީ ރާއްޖޭގެ 28 ރަށެއްގައި ކަމަށެވެ.
އޭނާ ވިދާޅުވީ ކައުންސިލް އިންތިހާބުގެ ކެމްޕެއިން ރަސްމީކޮން ފައްޓާނީ އެ ތަމްރީން ޕޮރްގުރާމްތަކަށް ފަހުގަ މި މަހު 28 ވަނަ ދުވަހު ކަމަށެވެ.
ކައުންސިލް އިންތިހާބުގައި އެމްޑީޕީގެ ޓިކެޓްގައި 827 ކެންޑިޑޭޓުން ވަދާކުރާނެ ކަމަށާއި ނަމަވެސް ރާއްޖޭގެ ހުރިހާ ރަށަކަށް އެމްޑީޕީގެ ޓިކެޓްގައި ކެންޑިޑޭޓުން ވާދަނުކުރާނެ ކަމަށްވެސް ޝިހާބު ވިދާޅުވި އެވެ.