18 Dec 2013, 10:41
ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި ޕޮލިސް އިންޓަލިޖެންސް ގުޅިގެން މި މަހު ކުރީކޮޅު ފަޅާއަރުވާލި މަސްތުވާތަކެތީގެ ބޮޑު ނެޓްވޯކުގައި ހިމެނޭ ދެ މީހަކު ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފި އެވެ.
ފުލުހުން ހޯދާ ދެ މީހުންނަކީ ގ. މެޑޯ، އިސްމާޢީލް ޒީހާން، 21، އާއި މއ.އަނޫމާ، ފައިސަލް އިބްރާހިމް 23، އެވެ.
ފުލުހުން ބުނީ މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުންދިޔަ ނެޓްވޯކެއް އަތުލައި ގަތުމަށް ހިންގި އެ އޮޕަރޭޝަންގައި ކޯޓް އަމުރެއްގެ ދަށުން ހ. ފަހާގެއާގޭގެ އިތުރުން އެ ނެޓްވޯކާއި ގުޅުންހުރި އެހެނިހެން ބައެއް ތަންތަން ބަލައިފާސްކޮށްފައިވާ ކަމަށެވެ. އެ އޮޕަރޭޝަންގައި ހ. ފަހާގެއާގެއަށް ވަދެ އެ ގެ ބަލައި ފާސްކުރިއިރު އެގެއިން ގިނަ އަދަދެއްގެ ފައިސާ އާއި މަސްތުވާތަކެތިފެނިފައިވާއިރު މިކަމާއި ގުޅުންހުރި ކަމަށް ތުހުމަތުކުރެވޭ ބަޔަކު ވެސް ވަނީ ހައްޔަރުކޮށްފަ އެވެ.
ފުޅާދާއިރާއެއްގައި ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެތީގެ ވިޔަފާރި ކުރަމުން ދިޔަ މި ނެޓްވޯކާއި ގުޅުން ހުރި ކަމަށް ތުޙުމަތުކުރެވޭ ހަތަރު މީހަކު މިހާތަނަށް ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެނެސްފަ އެވެ. މި އޮޕަރޭޝަންގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މީހުންގެ ތެރޭގައި ހިމެނެނީ ޕާކިސްތާނުގެ ރައްޔިތަކާއި ސްރީލަންކާގެ ރައްޔިތެއްގެ އިތުރުން ދެ ދިވެހިންނެވެ.