ފަނަރަ އަހަރަށް ވުރެ، މާ ކުރު މުއްދަތެއްގައި މަސްތުވާތަކެތީގެ ވަބާ ރާއްޖެއިން ފިލުވިދާނެ ކަމަށާއި އެ ވަބާ ރާއްޖެއިން ފިލުވުމަށް ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރާނެ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް ހުސައިން ވަހީދު ވިދާޅުވެއްޖެ އެވެ.

ފަނަރަ އަހަރަށް ވުރެ، ކުރު މުއްދަތެއްގައި މަސްތުވާތަކެތީގެ ވަބާ ރާއްޖެއިން ފިލުވާލުމަށް މަސައްކަތް ކުރައްވާނެ ކަމަށް ސީޕީ ވަހީދު ވިދާޅުވީ، ހޯމް މިނިސްޓަރު އުމަރު ނަސީރު ރޭ ވިދާޅުވި ވާހަކަފުޅަކާ ގުޅިގެންނެވެ.

ފުލުހުންނަށް ރޭ ދެއްވި ފަރިއްކޮޅެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ފަރާތްތަކަށް އިންޒާރު ދެއްވައި ވާހަކަފުޅު ދައްކަވަމުން ހޯމް މިނިސްޓަރު ވިދާޅުވީ މަސްތުވާތަކެތީގެ ނެޓްވޯކްތައް ފުނޑުފުނޑުކޮށްލައި އެ ވަބާއިން ރާއްޖެ ސަލާމަތް ކުރެވޭނީ ގާތްގަނޑަކަށް 15 އަހަރުން ކަމަށެވެ.

ނަމަވެސް ހުސައިން ވަހީދު ވިދާޅުވީ މިނިސްޓަރު އެދިވަޑައިގަންނަވާ މުއްދަތަށްވުރެ ކުރު މުއްދަތެއްގައި ފުލުހުންނަށް އެކަންކޮށް، މަސްތުގެ ވަބާއިން "ރާއްޖޭގެ މަގުތައް" ސަމާލަތްކޮށްދޭން ފުލުހުން މަސައްކަތް ކުރާނެ ކަމަށެވެ.

"މިނިސްޓަރު ދިޔަ އެދިވަޑައިގަންނަވާ ފަދައިން 15 އަހަރަށް ވުރެ މާ ކުރު މުއްދަތެއްގެ ތެރޭގައި އަޅުގަނޑުމެންގެ މި ރާއްޖޭގައި މި އޮތް މަސްތުވާތަކެތީގެ ވަބާ ފިލުވާލުމަށް އަޅުގަނޑުމެން މޯލްޑިވްސް ޕޮލިސް ސާވިސްގައި މަސައްކަތް ކުރާ އުރިހާ އެންމެން އެއްކޮށް، އެއް އަޒުމެއްގައި މަސައްކަތްކޮށް، އަޅުގަނޑުމެންގެ މި ދިވެހިރާއްޖޭގެ މަގުތައް މަސްތުވާތަކެތީގެ ވަބާއިން ސަލާމަތްކޮށްދިނުމަށްޓަކާ ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނަން،" ކޮމިޝަނާ އޮފް ޕޮލިސް ވިދާޅުވި އެވެ.

ހުސައިން ވަހީދު ވިދާޅުވީ ރާއްޖެއިން މަސްތުވާތަކެތި ނައްތާލުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތައް "ހޯމް މިނިސްޓަރުގެ ވޮލެޓުގެ ބޯމިން ހުރި ވަރަކުން" ޝުކުރު އަދާ ކުރާނެ ކަމަށެވެ.

"އަޅުގަނޑު ހޯމް މިނިސްޓަރަށް ދަންނަވާލަށް ބޭނުންވާ އެއް ވާހަކައަކީ މިނިސްޓަރުގެ ޖީބުގައި އޮތް ވޮލެޓުގެ ފުންމިން [ބޯމިން] ހުރި ވަރަކުން އަޅުގަނޑުމެން އެ ކުދިންނަށް ޝުކުރު އަދާ ކުރަން. އެކަން ހިތުމުގެ އަޑިން ބަލައިގަންނަން،" ހުސައިން ވަހީދު ވިދާޅުވި އެވެ. "ޖީބުގެ ވޮލެޓުގެ ބޯމިން އަޅުގަނޑުމެން މަޑުމަޑުން އައިސް މަޑުމަޑުން ތުނި ކުރާނަމޭ، އެއަށް ވުރެ ރަނގަޅު މަސައްކަތްތަކެއް އިދާރަ ކުރެއްވިއްޔާ އަޅުގަނޑުމެން ކުރާނަން،"

ފުލުހުން ވަނީ މި މަހުގެ ހިންގި ދެ އޮޕަރޭޝަނެއްގައި މަސްތުވާތަކެތީގެ ބޮޑު ނެޓްވޯކަކާއެކު އޭގެ ވިޔަފާރި ކުރާ މީހަކު މިދިޔަ ހޯމަ ދުވަހު ހައްޔަރުކޮށްފަ އެވެ.