17 Dec 2013, 10:41
ތިރުވަނަންތަޕޫރަމްގައި ހުންނަ ރާއްޖޭގެ ކޮންސިއުލޭޓްގެ ކޮންސަލްގެ މަގާމަށް ބޭފުޅަކު އައްޔަން ކުރައްވައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާ އެ މަގާމަށް އައްޔަން ކުރައްވާފައިވަނީ ގަލޮޅު ކަކާގެއާގެ2، އަލީ އާދަމެވެ. އޭނާ އެ މަގާމަށް އައްޔަން ކުރައްވާފައިވަނީ މިނިސްޓަރުގެ ނައިބު ފެންވަރުގަ އެވެ.
އިންޑިއާގެ ތިރުވަނަންތަޕޫރަމްއަކީ ގިނަ އަދަދެއްގެ ދިވެހިން ބޭސްފަރުވާއަށް ގޮސްއުޅޭ ތަނެކެވެ.