ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް ފުޅާދާއިރާއެއްގައި އެތަކެތީގެ ވިޔަފާރިކުރަމުންދިޔަ މީހަކު ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި ފައިސާތަކަކާ އެކު ފުލުހުން ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ޕޮލިސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓް ގުޅިގެން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި ހައްޔަރުކޮށްފައި ވަނީ އުމުރުން 30 އަހަރުގެ މީހެއް ކަމަށެވެ.

އޭނާ ދިރިއުޅޭ ގެ ކަމަށްވާ މއ. ފިނިފެންޖަންބުގެ ކޯޓު އަމުރެއްގެ ދަށުން ފުލުހުން ރޭ ވަނީ ބަލައިފާސްކޮށްފަ އެވެ.