16 Dec 2013, 11:38
ދަރިންގެ ހަރަދުގެ ގޮތުގައި ކޯޓަށް ދައްކާ ފައިސާ ޖަމާކޮށްނެގުމަށް ހާއްސަ ޓްރަސްޓް އެކައުންޓެއް އުފެއްދުމަށް ސޯޝަލް ކައުންސިލުން ނިންމައިފި އެވެ.
ރައީސް އޮފީހުން ބުނީ އެގޮތަށް ނިންމީ ކައިވެނި ރޫޅުމަށްފަހު، ކުދިންގެ ޚަރަދުގެ ގޮތުގައި ކޯޓަށް ދައްކާ ފައިސާ، މައިންނަށް ފަސޭހައިން ލިބޭނެގޮތް ހެދުމުގެ ގޮތުން ކަމަށެވެ.
އަދި ސޯޝަލް ކައުންސިލުން ނިންމަވާފައިވާ ގޮތުގެ މަތިން، ޓްރަސްޓް އެކައުންޓް އުފެއްދެމުގެ މަސައްކަތް، ހެލްތުމިނިސްޓްރީއާ މަޝްވަރާކޮށްގެން ކުރިއަށް ގެންދިއުމަށް ފިނޭންސް މިނިސްޓްރީއަށް ރައީސް އޮފީހުން އަންގާފައިވާ ކަމަށެވެ.
އުފައްދާ ޓްރަސްޓް އެކައުންޓްގައި ހުންނަ ފައިސާ، ކައިވެނި ރޫޅިފައިވާ މައިންނާ ހަމައަށް ފޯރުކޮށްދޭނެ ގޮތުގެ ތަފުސީލު ކަރުދާހެއް އެކުލަވައިލުމަށާއި، ކައިވެނި ރޫޅުމަށްފަހު، ކުދިންގެ ޚަރަދުގެ ގޮތުގައި ފައިސާ ލިބޭ މައިންގެ ދަފްތަރެއް މިނިސްޓްރީ އޮފް ހެލްތް އެންޑް ޖެންޑާގައި އެކުލަވައިލުމަށް ވެސް ރައީސް އޮފީހުން މިހާރުވަނީ އަންގަވާފައެވެ.