ޓްރާސްޕޯޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމަށް ބޭފުޅަކު ހަމަޖައްސަވައި، އޭނާއަށް ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް (ކޭމް)ގެ އެންމެ އިސްވެރިޔާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވައިފި އެވެ.

ކޭމްގެ އިސްވެރިޔާއަކަށް ހަމަޖެއްސެވީ ހުޅުމާލެ 10213، ޢަބްދުއްލަޠީފް މުޙަންމަދެވެ.

ޢަބްދުއްލަޠީފް މުޙަންމަދު މިހާތަނަށް ހުންނެވީ، މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަންގެ ނައިބު ކަމުގެ މަޤާމުގައެވެ.