15 Dec 2013, 09:03
އައްޑޫ ސިޓީ ފޭދޫ ގެއެއްގެ ބަދިގެ ތެރެއިން ފުލުހުން މަސްތުވާތަކެތި ހޯދައިފި އެވެ.
މަސްތުވާތަކެތި ފެނުނު ގޭގެ ނަމެއް ފުލުހުން ހާމައެއް ނުކުރެ އެވެ. ފުލުހުން ބުނީ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ފޭދޫ ގެއެއްގެ ބަދިގެ ތެރެއިން މަސްތުވާތަކެތި އަޅާފައިވާ ހަތަރު ރަބަރު ޕެކެޓް ފެނިފައިވާ ކަމަށެވެ. އެ މައްސަލާގައި 29 އަހަރުގެ ފިރިހެނަކު ވަނީ އެ ރަށުން ހައްޔަރުކޮށްފަ އެވެ. އޭނާއަކީ މަސްތުވާތަކެތީގެ މައްސަލަތަކުގެ ކުށުގެ ރެކޯޑް އޮންނަ މީހެއް ކަމަށް ފުލުހުން ބުންޏެވެ.
އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ހުކުރު ދުވަހުގެ ރޭ ފުލުހުން ހިންގި އޮޕަރޭޝަނެއްގަ އެވެ.
އެ މައްސަލަ ފޭދޫ ޕޮލިސް ސްޓޭޝަނުން ތަހުޤީޤު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.