އާއިލާއަށް ފިލައިގެން އުޅޭތީ ހޯދަމުން ދިޔަ 17 އަހަރުގެ އަންހެން ކުއްޖާ ފެނިއްޖެ އެވެ.

ސަން އަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ތ. ތިމަރަފުށި، ބްލޫނިޔާގެ އާއިޝަތު އަސީލާ ފެނިފައި ވަނީ އާންމު ފަރާތަކުން ދިން މައުލޫމާތަކާ ގުޅިގެން ހުޅުމާލޭގައި އަލަށް އާބާދުވި ސަރަހައްދު ފްލެޓެއް ކައިރި ޗެކްކުރި އިރު ކަމަށެވެ.

އަންހެން ކުއްޖާ ފެނިފައި ވަނީ ފްލެޓް ކައިރީ އެކަނި ހުއްޓާ ކަމަށް ވެސް މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

އެ ކުއްޖާ އާއިލާއަށް ފިލައިގެން އުޅޭކަމުގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ މި މަހުގެ 10 ވަނަ ދުވަހުގެ ހަވީރުގެ ވަގުތެއްގައެވެ.

އެކި އެކި މައްސަލަތަކާ ގުޅިގެން މީހުން ހޯދުމަށް ފުލުހުން އިއުލާން ކުރުމުން އާންމު ފަރާތްތަކުން ފުލުހުންނަށް ގުޅައި އެފަދަ މީހުންގެ މައުލޫމާތު އެނގޭ މިންވަރަކުން ފޯރުކޮށްދެމުން އަންނަ ކަމަށާއި އެކަމަށްޓަކައި އެފަރާތްތަކަށް ޝުކުރު އަދާކުރާ ކަމަށް ވެސް މިޑިއާ އޮފިޝަލް ވިދާޅުވި އެވެ.'