14 Dec 2013, 15:51
ޓާޝަރީ ސްޓޭންޑެޑް ލޯމް ސްކީމްގެ ދަށުން ރާއްޖެ އާއި ރާއްޖެއިން ބޭރުގައި މަތީ ތަޢުލީމަށް ދިއުމަށް 250 ކުދިންންނަށް ފުރުސަތު ދީފި އެވެ.
ޑިޕާޓްމަންޓް އޮފް ހަޔާ އެޑިއުކޭޝަން ހިންގުމާއި ހަވާލުވެވަޑައިގެން ހުންނެވި އަޒްލީން އަހުމަދު މިއަދު "ސަން"އަށް ވިދާޅުވީ އެ ލޯނު ސްކީމުގެ ދަށުން ޑިގްރީއަށާއި މާސްޓާސްއަށާއި ޕައިލެޓް ކަމާއި މެޑިސިންގެ ދާއިރާ އިން ވެސް ލޯން ދީފައިވާ ކަމަށެވެ.
ލޯސް ސްކީމްގެ ދަށުން މަތީ ތަޢުލީމަށް ދިއުމަށް ހުޅުވާލި ފުރުސަތުގައި މެޑިސިން ކިޔެވުމަށް ކުރިމަތިލި 78 ދަރިވަރުން ކަމަށާއި އެހެންން ނަމަވެސް ފުރުސަތު ދެވުނީ 15 ދަރިވަރަކަށެވެ. އަދި ޕައިލެޓްކަން ކިޔެވުމަށް ހުޅުވާލި 15 ފުރުސަތުގައި 123 ކުދިން ކުރިމަތިލާފައިވާ ކަމަށެވެ.
ލޯން ސްކީމްގެ ދަށުން އެންމެ ގިނަ އަދަދެއްގެ ދަރިވަރުން ކުރިމަތިލާފައިވަނީ ރާއްޖޭން ބޭރުން ޑިގްރީ އަށް ކިޔެވުމަށެވެ. އެގޮތުން އެ ފުރުސަތަށް 614 ކުދިން ކުރިމަތިލާފައިވެ އެވެ. އަދި ރާއްޖޭގައި ޑިގްރީ އަށް ކިޔެވުމަށް 250 ދަރިވަރުން އެދުނެވެ.
އަޒްލީން ވިދާޅުވީ ލޯނު ލިބޭ ކުދިން ކަނޑައެޅީ އެންމެ ގިނައިން ޕޮއިންޓް ލިބުނު ގޮތަށް ބަލައިގެންން ކަމަށެވެ. އަދި އެއްވަރަކަށް ޕޮއިންޓް ލިބުމުގެ ސަބަބުން ގުރުއަތުން ވެސް ކުދިން ހޮވާފައި ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޓާޝަރީ ލޯން ސްލީމްގެ ދަށުން މަތީތޢުލީމަށް ދިއުމުގެ ފުރުސަތު ލިބުނު ކުދިންނަށް އެކަމުގެ ލިޔުން ހަވާލު ކުރާނީ މާދަމާ ކަމަށެވެ.