އާއިލާއަށް ފިލައިގެން އުޅޭ 17 އަހަރުގެ އަންހެން ކުއްޖަކު ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.

އާއިލާއަށް ފިލައިގެން އުޅޭ ކަމަށް މި ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި ފުލުހުންނަށް ރިޕޯޓްކުރުމާއި ގުޅިގެން ހޯދަމުންދަނީ ތ. ތިމަރަފުށި، ބްލޫނިޔާގެ އާއިޝަތު އަސީލާ (17އ) އެވެ.

އާއިޝަތު އަސީލާ އާއިލާއަށް ފިލާފައި ވަނީ މި ޑިސެމްބަރު މަހުގެ 08 ވަނަ ދުވަހުގެ ހަވީރުގެ ވަގުތެއްގަ އެވެ. އާއިޝަތު އަސީލާއަކީ ލޮލުގެ ކަޅި ކަޅު، ބުރުގާ އަޅައިގެން އުޅޭ ރޫފަ ހިކި ކުއްޖެކެވެ.

އާއިޝަތު އަސީލާއާއި ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ އެ މަޢުލޫމާތެއް ފުލުހުންގެ ހޮޓްލައިން ނަމްބަރު 3322111 އަށް ނުވަތަ އެމަޖެންސީ ނަމްބަރު 119 އަށް ނުވަތަ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓްގެ ނަމްބަރު 9790163 އަށް ހިއްސާކުރެއްވުން އެދެމެވެ.