ސަންގެ ޖާނަލިސްޓް މުރުޝިދު އަބްދުލްހަކީމްގެ ބައްޕަ މިއަދު ނިޔާވެއްޖެ އެވެ.

މުރުޝިދުގެ ބައްޕަ ކ. ގާފަރު ޝަބުނަމީގޭ އަބްދުލްހަކީމް އަލީ ނިޔާވެފައި ވަނީ އިންޑިއާގެ ޓްރިވެންޑްރަމްގައި ހުންނަ ކިމްސް ހޮސްޕިޓަލްގައި ހިތުގެބައްޔަށް ފަރުވާ ހޯދަމުން ދަނިކޮށް މިއަދު ހަވީރު ރާއްޖޭގެ ގަޑިން 5:00 ހާއިރު އެވެ.

މުރުޝިދުގެ ބައްޕަ އިންޑިއާއަށް ގެންދިޔައީ ދުވަސްކޮޅަކު އައިޖީއެމްއެޗްގައި ވެސް ފަރުވާ ހޯދުމަށް ފަހު އެވެ.

އަބްދުލްހަކީމް ނިޔާވިއިރު ދުނިޔޭގައި ހަ ފިރިހެން ކުދީންނާއި ފަސް އަންހެން ކުދީނާއި އަންބަކު ދުނިޔޭގައި އެބަތިބި އެވެ.

މުރުޝިދުގެ ބައްޕަ ނިޔާވުމާ ގުޅިގެން ސަން މީޑިއާ ގްރޫޕްގެ ޗެއާމަނާއި މެނޭޖްމަންޓް އަދި ހުރިހާ މުވައްޒަފުން މިހިތާމައިގައި ބައިވެރިވަމެވެ. އަދި އެ މަރުހޫމްގެ ފުރާނައަށް ރަހުމަތްލައްވައި ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރު ކޮށްދެއްވާށި. އާމީން!