13 Dec 2013, 09:38
ސުނާމީ ބިނާ ސަރަހައްދުގައި ތޫނު އެއްޗަކުން ހަމަލާދީ ޒުވާނަކު ޒަހަމްކޮށްލައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ އެ ޒުވާނާއަށް ހަމަލާދީފައިވަނީ އިއްޔެ ހަވީރުގެ ވަގުތެއްގައި ސުނާމީ ބިނާ ސަރަހައްދުން ސައިކަލެއްގައި ދުއްވާފައި ދިޔަ ބަޔަކު ކަމަށެވެ.
އެ ހަމަލާގައި އެ ޒުވާނާގެ ކަނާތާއި ކަނާތް ފަޅީގެ އަރިކަށި ޒަހަމްވެފައިވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
މި ޒުވާނާއަށް ލިބުނު ޒަހަމްތަކަށް އައިޖީއެމްއެޗްގައި ފަރުވާދެމުން އަންނައިރު ފުލުހުން ގެންދަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.