ރަނގަޅު އަދި ފައިދާ ހުރި ކާނާގެ ތެރެއިން ތަރުކާރީ އާއި މޭވާ ކާ ނަމަ ހަށިގަނޑު ރީތި ކޮށް ހުރުމަށް އެހީވެދެއެވެ. އަދި ތެޔޮ ގިނަ ފަލަމަޑީގެ ބާވަތްތައް ގިނައިން ކާ ނަމަ ހަށިގަނޑު ފަލަވާން ދިމާވެއެވެ.

ކާ އެއްޗެހީގެ ސަބަބުން ހަމަށްވެސް ބަދަލު އާދެ އެވެ. ތަރުކާރީ އާއި މޭވާ ގިނައިން ކެއުމުން ހަން އޮމާންވެ، ދުޅަހެޔޮވެއެވެ.

މިހާރަކަށް އައިސް އެންމެން ވެސް މިއުޅެނީ ވަރަށް ބިޒީ ދިރިއުޅުމެކެވެ. ރީތިވުމަށް ބޭނުން ވަނީ ފަސޭހައިން އަވަހަށް ބޭނުން ކުރެވޭނެ އެއްޗެކެވެ. އެތެރެހަށިން ގުދުރަތީ ކޮށް ހަންގަނޑު ރީތި ކުރެވެން އޮންނައިރު އެންމެން ވެސް ހަމުގެ ކަމެއް ދިމާވާ އިރަށް ފިހާރައަށް ގޮސް ކޮންމެވެސް ބިއުޓީ ޕްރޮޑަކްޓެއް ގަނެގެން ވަގުތީ ގޮތުން އެ ކަންތައް ފޮރުވާލަނީއެވެ. އެކަމު މި ޕްރޮޑަކްޓްސް ތަކަކީ ހަމަ އެކަނި ވަގުތީ ފަރުވާ އެވެ.

އަބަދުވެސް ރީތީ، ސާފު، އޮމާން އަދި ދުޅަހެޔޮ ހަންގަނޑެއް ބޭނުން ނަމަ ތަރުކާރި އާއި މޭވާ ކެއުން މުހިއްމެވެ.

ތިރީގައި އެ ވަނީ ކޮންމެ ދުވަހަކު ވެސް ބޭނުން ކުރެވިދާނެ ބައެއް ކާނާ އެވެ. މި ފަދަ ތަރުކާރީ އާއި މޭވާ ކެއުމުން ހަމުގެ ކުލަ އަލިވެ، ރީތިވެ އަދި އޮމާން ކޮށްދޭނެ އެވެ. މިއީ ހަމުގެ ކާނާ އެވެ.

1. އެވަކާޑޯ
މި މޭވާއަކީ ހަމަށް ވަރަށް ބޮޑަށް ފައިދާ ކުރާ މޭވާ އެކެވެ. މީގައި ވިޓަމިން ސީ އަދި އީ ހިމެނެއެވެ. އެއީ ހަންގަނޑު އަވަހަށް މުސްކުޅި ވުމުން ނުވަތަ ރޫޖެހުމުން ދުރުކޮށްދޭ ބައިތަކެކެވެ.

އެވަކާޑޯ ގައި ހިމެނެނީ މޮނައުންސެޗުރޭޓަޑް ފެޓް އެވެ. އޭގެ މާނައަކީ މީގައި އޮމެގާ-3 ފެޓީ އެސިޑް ގެ ބައި ވަރަށް ގިނައިން ހިމެނުމެވެ. އޭގެން ހަންގަނޑުގެ ރީތިކަން އިތުރު ކޮށްދޭނެ އެވެ.

2. ބެރީސް
ބްލޫބެރީސް، ބްލެކް ކަރަންޓްސް، ރާސް ބެރީސް، ކްރޭންބެރީސް އަދި ސްޓޯބެރީސް އަކީ ރީތި ހަމަކަށް ވަރަށް ބޭނުންތެރި މޭވާ ތަކެކެވެ.

މި މޭވާ ތަކަކީ އެންޓިއޮކްސިޑެންޓްސް ގެ މާއްދާ ވަރަށް ގިނަ މޭވާ ތަކެކެވެ. އެންޓިއޮކްސިޑެންޓްސް އިން ހަށިގަނޑުގެ ފްރީ ރެޑިކަލްސް ނިއުޓްރިލައިޒް (ހަމަހަމަ) ކޮށްދެއެވެ. މި ރެޑިކަލްސް މީހާ އަވަހަށް މުސްކުޅި ވުމުން ދުރުކޮށް ދިނުމަށް އެހީތެރި ވެދެ އެވެ.

ބެރީސް ގައި ވިޓަމިން ސީ، އީ، ރިބޯފްލަވިން އަދި ފައިބަރ ވަރަށް ގިނައިން ހިމެނޭނެއެވެ. ބެރީސް ގައި ވަރަށް ގިނަ އަދަދަކަށް ކޮލަޖެން ހިމެނެ އެވެ. ހަން އޮމާން ކޮށް މަޑުކޮށް އޮންނަނީ ކޮލަޖެންގެ ސަބަބުން އެވެ.

3. ޑާކް ޗޮކުލެޓް
ޗޮކުލެޓަކީ ގިނަ މީހުންނަށް މީރު އެއްޗެކެވެ. ޑާކް ޗޮކުލެޓްސްގައި އެންޓިއޮކްސިޓެންޓް މާއްދާ ވަރަށް ގިނައިން ހިމެނެއެވެ. އޭގެން ހަމުގެ ލޭ ދައުރުވުން ރަނގަޅު ކޮށްދެއެވެ. އަދި ހަން ކުރަކިވުމާއި އިރުގެ ދޯދިތަކުން ހަންގަނޑު ހަލާކުވުމުން ދުރުކޮށްދެއެވެ.

4. ގްރީން ޓީ
ހަމަށާއި ހަށިގަނޑަށް އެންމެ ބޮޑަށް ފައިދާކުރާނެ އެއްޗަކަށް ގްރީން ޓީ ވެއެވެ. ފެނަށް ވުރެ ވެސް ހަމުގެ ސިއްހަތަށް ގްރީން ޓީ ގެ ފައިދާ މާ ބޮޑުވާނެ ކަމަށް ބައެއްމީހުން ގަބޫލު ކުރެއެވެ.

ގްރީން ޓީ އަކީ ބިހިނެގުން ހައްލުކުރުމަށް ބޭނުން ކުރެވޭ ގުދުރަތީ ފަރުވާއެކެވެ. އަދި މީގައި ޕްޓެންޓް އެންޓިއޮކްސިޑެންޓް ހިމެނެއެވެ. ގަވާއިދުން ގްރީން ޓީ ބޯ ކަމަށް ވާ ނަމަ ދުވާލަކަށް ހަށިގަނޑަށް ބޭނުންވާ ވަރަށް ވިޓަމިންސް ލިބޭނެއެވެ. އޭގެ ތެރޭގައި ވިޓަމިން ސީ، ޑީ އަދި ކޭ ހިމެނެއެވެ.

5. އެކި ބާވަތުގެ މަސް
މީ ދިވެހިންނާ ވަރަށް ގުޅޭ އެއްޗެކެވެ. މިހާގިނައިން މަސް ކައި އުޅޭއިރުވެސް މަހުން ފައިދާ ވާކަން އެނގެނީ ނުވަތަ ވާ ފައިދާ ތައް އެގެނީ މަދުބަޔަކަށެވެ.

މަހުގައި ފެޓީ އެސިޑްސްގެ ގޮތުގައި އޮމެގާ-3 އޮއިލްސް ހިމެނެއެވެ. އޭގެން ހަންގަނޑަށް ރޫ އެރުމުން ދުރުކޮށްދެއެވެ. އަދި ހަން ގިނަދުވަހު ޒުވާންކޮށް ހުރުމަށް އެހީވެދެއެވެ.

ރިސާރޗް ތަކުން ދައްކާ ގޮތުގައި އޮމެގާ-3 ގެ ސަބަބުން ހިތުގެ ބަލިތައް ޖެހުމުން ދުރުކޮށްދެއެވެ. އަދި ކެންސަރާއި އާތްރައިޓިސް (ރާއްޖެ ބަލި) ޖެހުމުން ދުރުކޮށްދޭނެއެވެ.

6. ޓޮމާޓޯ
ޓޮމާޓޯ ގައި ހިމެނޭ ލައިކޮޕެން ކިޔާ މާއްދާ އެއީ ހަމަށް އެންޓިއޮކްސިޑަންޓް ފޯރުކޮށްދިނުމާއެކު ބައެއް ކަހަލަ ކެންސަރުގެ ބަލި ތަކުން ދުރުކޮށްދިނުމަށް އެހީވެދޭ މާއްދާއެކެވެ.

7. ވޯލްނަޓްސް ނުވަތަ ބަދަން
ނަޓްސް ނުވަތަ ބަދަނަކީ ވެސް އޮމެގާ-3 ފެޓީ އެސިޑް ހިމެނޭ އެއްޗެކެވެ. މީގެން ހަން މަޑުވެ، ކުދި ކުދި ބަލިތައް ދިފާއުކުރަން ހަށިގަނޑު ތައްޔާރުކޮށްދެއެވެ.