ތިން މިނިސްޓްރީއަކަށް ދެ ސްޓޭޓް މިނިސްޓަރުންނާއި ދެ ނައިބުން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިއަދު އައްޔަން ކުރައްވައިފި އެވެ.

އެގޮތުން ސްޓޭޓް މިނިސްޓަރު ކަމަށް އައްޔަން ކުރައްވާފައިވަނީ އެންވައިރަންމަންޓް މިނިސްޓްރީއަށް އައްޑުއަތޮޅު މަރަދޫފޭދޫ ބަގީޗާގޭ، ހަސަން ޝާހު އެވެ. އަދި ޓްރާންސްޕޯޓް މިނިސްޓްރީއަށް ގ.ތަރިޖެހިގޭ، މުހައްމަދު އަނީސް އެވެ.

މީގެއިތުރުން ނައިބުގެ މަގާމަށް އައްޔަން ކުރައްވާފައިވަނީ ޓްރާންސްޕޯޓް މިނިސްޓްރީއަށް ދަފްތަރު އަބްދުﷲ ވަހީދާއި ފިނޭންސް މިނިސްޓްރީއަށް ލ.މާމެންދޫ، ޕެރިސް އަބްދުލްޙަލީމް އަބްދުލްގަފޫރު އެވެ.