12 Dec 2013, 09:11
މިނިސްޓަރ އޮފް ސްޓޭޓް ފޯ ހެލްތް އެންޑް ޖެންޑާ ކަމަށް ހެންވޭރު މީނާޒް ޑރ. ހާލާ ހަމީދު ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އައްޔަނު ކުރައްވައިފި އެވެ.
ޑރ. ހާލާ ހަމީދު ޕީއެޗްޑީ ހާސިލު ކުރައްވާފައިވަނީ އިނގިރޭސިވިލާތުގެ ޔުނިވާސިޓީ އޮފް އީސްޓް އެންގްލިއާގައި ޖެންޑާ އެންޑް ޑިވެލޮޕްމަންޓްގެ ރޮނގުންނެވެ.
ޑރ. ހާލާ މިހާތަނަށް ހުންނެވީ، ޕޮލިސް އިންޓެގްރިޓީ ކޮމިޝަންގެ މެންބަރު ކަމާއި، އެ ކޮމިޝަންގެ ނައިބު ރައީސް ކަމުގަ އެވެ.
މި ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހު އެކޮމިޝަނުގެ މެންބަރުކަމުންނާއި ނައިބު ރައީސް ކަމުން ޑރ. ހާލާ އިސްތިއުފާ ދެއްވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ވަނީ އެކަމަނާގެ އިސްތިއުފާ ގަބޫލުފުޅު ކުރައްވައި ކޮމިޝަނުގެ މެންބަރެއްގެ ގޮތުގައި ހުންނަވައިގެން ކޮށްދެއްވާފައިވާ ހިދުމަތްތަކަށް އިހުލާސްތެރިކަމާ އެކު ޝުކުރު އަދާކުރައްވައި ސިޓީފުޅެއް ފޮނުއްވާފަ އެވެ.