11 Dec 2013, 11:58
ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ޕީޕީއެމްއަށް ސޮއި ކުރައްވައިފި އެވެ.
ނާޒިމް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ "މިއަދުގެ ޔުނީކް ޑޭޓް 11-12-13ގައި އަޅުގަނޑު ޕީޕީއެމްއަށް ރަސްމީކޮށް ސޮއިކޮށްފީމެވެ،"
ނާޒިމްގެ ޓުވީޓުގައި ވިދާޅުވީ ޕީޕީއެމްއަކީ ރާއްޖޭގައި އޮތް އެންމެ ޑިމޮކްރަޓިކް ޕާޓީ ކަމަށެވެ. ޕީޕީއެމްއަކީ ނާޒިމް މިހާތަނަށް ސޮއި ކުރެއްވި ހަމައެކަނި ސިޔާސީ ޕާޓީ އެވެ.
ރައީސް ޑރ. ވަހީދުގެ ސަރުކާރުގައި ވެސް އަދި މިހާރުގެ ސަރުކާރުގެ ވެސް ޑިފެންސް މިނިސްޓަރު ކަމުގެ މަގާމުގައި ހުންނެވި ނާޒިމް ވަނީ ރިޔާސީ އިންތިޚާބުގައި ކެމްޕޭނު ދުވަސްވަރު އެޕާޓީގެ ކެމްޕެއިންގެ ތެރެއިން ފެނިފަ އެވެ.