11 Dec 2013, 09:36
ޔުއެފާ ޗެމްޕިއަންސް ލީގުގައި ގަލަތަސަރާއީ އާއި އިޓަލީގެ ޔުވެންޓާސް ކުޅުނު މެޗު ވަކި ހިސާބަކުން މެދުކަނޑާލަން ޖެހުމުން މެޗުގެ ނުނިމި އޮތްބައި ބުދަ ދުވަހު ކުރިއަށް ގެންދަން ހަމަޖައްސައިފި އެވެ.
http://www.sun.mv/albums/l_21677.jpg
ތުރުކީގެ އިސްތަންބޫލްގެ ގަދަ ފިނީގައި ރޭ ކުޅުނު ގްރޫޕް ބީ ގެ މެޗު ފެށިއިރުވެސް ސްނޯފައިބަމުން ދިޔަ އެވެ. އަދި މެޗު ހުއްޓައިލާން ޖެހުނީ މެޗުގެ 32 މިނިޓްގެ ކުޅުން ކުރިއަށް ގެންދިއުމަށް ފަހު، ދަނޑުމަތީގައި ސްނޯ ބޯވުމުގެ ސަބަބުން ކުޅުން އިތުރަށް ކުރިއަށް ނުގެންދެވޭނޭ ކަމަށް މެޗު އޮފިޝަލުން ނިންމުމުންނެވެ.
"ގަލަތަސަރާއީ އާއި ޔުވެންޓާސް ކުޅުނު މެޗު ސްނޯގެ ތޫފާނެއްގެ ސަބަބުން ދަނޑުމަތީގައި ނުކުޅެވޭ ހާލަތު މެދުވެރިވެ ވަނީ މެދު ކަނޑާލަން ޖެހިފައި،" ޔުއެފާ ވެބްސައިޓްގައި ވެއެވެ.
http://www.sun.mv/albums/l_21678.jpg
އޮފިޝަލުން ފުރަތަމަ ޕްލޭން ކުރީ ދަނޑުމަތީގައިވާ ސްނޯތަށް ސާފުކުރުމަށް ފަހު އަލުން މެޗު ކުރިއަށް ގެންދިއުމަށެވެ. އެހެން ނަމަވެސް 20 މިނިޓުގެ ބްރޭކަކަށް ފަހުވެސް މޫސުން ތަން ނުދިނުމުން މެޗު ހުއްޓައިލީ އެވެ. އޭރު ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބެއް ނުކުރެވެ އެވެ.
ޗެމްޕިއަންސް ލީގުގެ ގަވާއިދު ބުނާގޮތުން މެޗެއް މެދު ކަނޑައިލާން ޖެހިއްޖެ ނަމަ އެމެޗު އެހެން ދުވަހަކު ކުޅުނު ނަމަވެސް އަލުން ފަށައިގެން މެޗު ކުޅުމުގެ ބަދަލުގައި ކުރިއަށް ގެންދާނީ ހުއްޓައިލިއިރު ނުނިމި އޮތްވަގުތުގެ ކުޅުމެވެ. އެހެން ކަމުން އިސްތަންބޫލަށް މިއަދުވެސް ބޯކޮށް ސްނޯފައިބާނޭ ކަމަށް ލަފާކުރެވުނު ނަމަވެސް ޔުއެފާއިން ވަނީ މެޗުގެ ނުނިމި އޮތްބައި މިއަދު ކުޅެން ނިންމައިފަ އެވެ.
http://www.sun.mv/albums/l_21679.jpg
ގްރޫޕް ބީގެ ދެވަނައިގައި ހަ ޕޮއިންޓާއެކު އޮތް ޔުވެންޓާސް އަށް ދެވަނަ ބުރުން ޖާގައެއް ހޯދުމަށްޓަކައި ބޭނުން ވަނީ، އެންމެ ޕޮއިންޓެކެވެ. އެހެން ނަމަވެސް ހަތަރު ޕޮއިންޓާ އެކު ގްރޫޕްގެ ދެވަނައިގައި އޮތް ގަލަތަސަރާއީ އަށް ދެވަނަބުރުން ޖާގައެއް ބޭނުން ނަމަ ޔުވެންޓާސް އަތުން މޮޅުވުން ނޫންގޮތެއް ނެތެވެ. މިގްރޫޕްގެ އެއްވަނަ ހޯދައިގެން ރެއާލް މެޑްރިޑްވަނީ ގަދަ 16ގެ ޖާގައެއް ކަށަވަރު ކޮށްފަ އެވެ.
އޮކްޓޫބަރު ދޭއްގައި މި ދެޓީމު ގްރޫޕް ސްޓޭޖްގައި ބައްދަލުކުރި ފުރަތަމަ މެޗު ނިމުނީ 2-2 އިން އެއްވަރު ވެގެންނެވެ.