ދުނިޔޭގެ އެންމެ ފިނި ތަނުގެ ފިނިހޫނު މިނަކީ މައިނަސް 93.2 ޑިގްރީ ސެލްސިއަސް ކަމަށް ސައެންސްވެރިން ބުނެފި އެވެ.

ޔޫއެސް ނެޝަނަލް އައިސް އެންޑް ސްނޯ ޑޭޓާ ސެންޓާގެ ސައެންސްވެރިން ބުނީ މިތަނަކީ އެންޓާކްޓިކާގެ މެދުގައިވާ ތަނެއް ކަމަށާއި މިތަނުގައި އެންމެ ފިނި ދުވަހުގެ ގޮތުގައި ރެކޯޑްކުރެވިފައި ވަނީ 2010 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 10 ވަނަ ދުވަސް ކަމަށެވެ.

އެދުވަހުގެ ފިނިހޫނު މިން މައިނަސް 93.2 ޑިގްރީ ސެލްސިއަސްއަށް ދަށަށް ދިޔަ ކަމަށް ރެކޯޑްތަކުން ދައްކަ އެވެ.

މިއަދަދު ސައެންސްވެރިން ހޯދާފައި ވަނީ ދުނިޔެ ވަށާ އެނބުރެމުންދާ ތަފާތު ސެޓެލައިޓްތަކުގައިވާ ތާމަލް ސެންސާތަކުގެ އެހީގައި އެއްކޮށްފައިވާ މައުލޫމާތު ޒަރިއްޔާ އިން ނެވެ.

މީގެ ކުރިން އެންމެ ފިނި ޓެމްޕަރޭޗާއެއް ރެކޯޑްކުރެވިފައި ވަނީ ވެސް އެންޓާކްޓިކާގަ އެވެ. އެއީ 1983 ވަނަ އަހަރުގެ ޖުލައި މަހުގެ 21 ވަނަ ދުވަހު، އެންޓާކްޓިކާގައި ހުންނަ ރަޝިޔާގެ ވޮސްޓޮކް ބޭހުގެ ފިނިހޫނުމިން މައިނަސް 89.2 ޑިގްރީ ސެލްސިއަސްއަށް ދަށަށް ދިއުމުން ނެވެ.