10 Dec 2013, 16:06
މާލޭ ސިޓީގެ ޑެޕިއުޓީ މޭޔަރަކަށް ގަލޮޅު ދެކުނު ދާއިރާގެ ކައުންސިލަރު އިބްރާހީމް ސުޖާއު ހޮވައިފި އެވެ.
ޑެޕިއުޓީ މޭޔަރުކަމަށް ސުޖާހު ހޮވާފައި ވަނީ މިއަދު ބޭއްވި މާލޭ ސިޓީ ކައުންސިލްގެ 144 ވަނަ އާންމު ޖަލްސާގައި ކަމަށެވެ. އޭނާ އެ މަގާމަށް ހޮވިފައި ވަނީ ފަސް ވޯޓު ލިބިވަޑައިގެންނެވެ.
އޭނާއާ ވާކަކުރެއްވި މެދުހެންވޭރު ދާއިރާގެ ކައުންސިލަރު ލުފުޝާން ޝަކީބަށް ލިބިވަޑައިގަތީ ތިން ވޯޓެވެ.
މާލޭ ސިޓީގެ ޑެޕިއުޓީ މޭޔަރު ކަމަށް ބޭފުޅަކު އައްޔަން ކުރައްވާފައި ވަނީ އެ މަގާމުގައި ކުރިން ހުންނެވި އަހްމަދު ސަމާހު ރަޝީދު އެ މަގާމުން އިސްތިއުފާދެއްވުމުންނެވެ.