މަސްތުވާތަކެތި ގެންގުޅެ އެތަކެތި ބޭނުންކުރި މައްސަލަތަކަކާ ގުޅިގެން 14 މީހެއްގެ މައްޗަށް ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.

އެ މައްސަލަތަކާ ގުޅިގެން ދައުވާ ކުރަން ފޮނުވާފައި ވަނީ ނ.ހޮޅުދޫ، އަފުސަންތީނު މުހައްމަދު ޒިޔާދު،32، އާއި ރ.ކަނދޮޅުދޫ ހުޅަނގުގެ މުހައްމަދު އަހްމަދު،34، އާއި ރ.ކަނދޮޅުދޫ ނީލަމުގޭ އަހްމަދު އިބްރާހީމް،41، އާއި ރ.މަޑުއްވަރީ ކުރަހާގޭ މުހައްމަދު އަނަސް،23، އާއި ބ.ދޮންފަނު ފަޒީނާމަންޒިލް ހުސައިން އަފްރާހް،21، އާއި ޅ.ހިންނަވަރު ފެހިގޭ މުހައްމަދު އިރުޝާދު،24، ހ.ބްލޫސްކޫޕް ޒުހުރާ އަބްދުއްލަތީފް،42، އާއި މާލޭ ދަފްތަރު ނަންބަރު 1610، އަލީ ޝަރީފް،45، އާއި ހ.ނިކްޗޫން އަސްއަދު މުހައްމަދު،21، އާއި ކ.މާލެ، މާރިކިލް، އަހްމަދު ޝާފް އައްބާސް،35، އާއި ހ.އެލިއަތުވިލާ، އަހްމަދު މުހައްމަދު ޝަރީފު،29، އާއި ގއ.ވިލިނގިލީ ޕާމްޝޭޑް ފަތުހުﷲ ޖަމީލް،21، އާއި ގދ.ރަތަފަންދޫ ގުލްޝަންގޭ އައްޒާމް ހަސަން،21، ގެ އިތުރުން ސ.ހިތަދޫ ތޫތުގަސްދޮށުގޭ މުހައްމަދު އަޝްފީނު،22، ގެ މައްޗަށެވެ.

ފުލުހުން ބުނީ އެ އެންމެންގެ މައްޗަށް ދައުވާކުރަން ފޮނުވާފައި ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 24 ވަނަ ދުވަހު ކަމަށެވެ.