09 Dec 2013, 13:10
މާލޭ ގެއެއްގެ ތެރޭގައި އަންހެނަކު ދަންޖެހިގެން މަރުވެއްޖެ އެވެ.
ފުލުހުން ބުނީ މާފަންނުގެ ގެއެއްގައި އަންހެނަކު ދަންޖެހިގެން އުޅޭކަމުގެ މައުލޫމާތު ރޭ ދަންވަރު 12:03 އެހައިކަންހާއިރު ފުލުހުންނަށް ރިޕޯޓުކުރުމާ ގުޅިގެން ވަގުތުން އޭނާ އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށެވެ.
ސަން އަށް އެނގިފައިވާ ގޮތުގައި ރޭ ދަންޖެހިފައި ވަނީ މ. ފެއާރީވިލާގޭގެ ފަސްވަނަ ފަންގިފިލާގައި އުޅޭ ޅ. ނައިފަރު އުމުރުން 24 އަހަރުގެ އަންހެނެކެވެ.
އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް ޒީނަތު އަލީ ހަބީބު ވިދާޅުވީ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އެ އަންހެން މީހާ ވަނީ މަރުވެފައި ކަމަށެވެ.
ޒީނަތު ވިދާޅުވީ ރޭ ފަތިހުގެ ވަގުތެއްގައި އެ އަންހެންމީހާ އާ ސަހަރާއަށް ގެންގޮސްފައިވާ ކަމަށެވެ.