ބޯކޮށް ވާރޭ ވެހި އައްޑޫ ސިޓީ ފޭދޫގެ ބައެއް ސަރަހައްދުތަކުގައި ފެން ބޮޑުވުމާއި ގުޅިގެން އެމްއެންޑީއެފުން އެ ސަރަހައްދުތަކުން މިއަދު ފެން ހިއްކައި ދީފި އެވެ.

އެމްއެންޑީއެފުން އެ ރަށުގައި ފެންހިއްކުމުގެ މަސައްކަތް ފެށީ މިއަދު ހެނދުނު 10:00 ޖެހިއިރު އެވެ. އެ މަސައްކަތް ނިންމާލެވުނީ މެންދުރުފަހު 3:00 ޖެހި ފަހުންނެވެ. ފެންބޮޑުވި ސަރަޙައްދުތަކުގައި އެމްއެންޑީއެފުން ވަނީ ޕަމްޕް ޖައްސައިގެން ފެން ހިއްކުމުގެ މަސައްކަތްކޮށްފަ އެވެ. އަދި ފޭދޫގެ ބައެއް މަގުތަކާއި ގޭގޭގެ ގޯތިތެރެއާއި އޮޅުތަކުގައި ބޮޑުވެފައިވާ ފެންގަނޑު ވެސް އެމްއެންޑީއެފުން ވަނީ ހިއްކައިދީފަ އެވެ.

ވިއްސާރައިގައި ފޭދޫގެ ބައެއް ސަރަޙައްދުތަކުގައި ފެންބޮޑުވުމުގެ އިތުރުން ގޭގޭގެ ގޯތިތެރެ އާއި އޮޅުތަކުގައި ވަނީ ފެންބޮޑުވެ ބައެއް ގޭގޭގެ ތަކެއްޗަށް އެކިވަރުގެ ގެއްލުން ލިބިފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.