08 Dec 2013, 13:40
ކެސީނޯތައް އިތުރަށް ނޭޅުމަށް ސްރީލަންކާގެ ބުދު ދީނުގެ ހާމުދުރުން އެގައުމުގެ ސަރުކާރަށް ގޮވާލައިފި އެވެ.
ސްރީލަންކާގެ ދަ އައިލެންޑް ނޫހުން ބުނީ ކެސީނޯ ޒޯންތައް އިތުރުކުރުން ހުއްޓާލަން ޖެހޭ ކަމަށާއި އެކަމުގައި ދިވެހިރާއްޖެ ނަމޫނާއަކަށް ބެލުމަށް ކޮއްޓެނަގާ ވިހާރަޔާގެ އެންމެ އިސް ހާމުދުރު މަޑުލުވާވެ ސޮބީތާ ތެރާ ބުނި ކަމަށެވެ.
"ދިވެހި ރާއްޖެ ބަލާ ނަމޫނާއަކަށް. އެ ޖަޒީރާ ގައުމު އެވަނީ ޖުވާގެ ނުރައްކާތެރި ފައިސާއާ ނުލައި ޓޫރިޒަމް ތަރައްގީކޮށްފައި. ޖުވާއިން ހަމަ އެކަނިވާ ކަމަކީ ގައުމެއްގެ އިޖުތިމާއީ ފޭރާން ހަލާކުވުން،" ތެރާ ބުނި ކަމަށް ނޫހުގައިވެ އެވެ.
ތެރާ އަދި ބުނެފައި ވަނީ ޖުވާކުޅުމުގެ ވިޔަފާރިއާ ދެކޮޅު ހެދުން އެއީ ސިޔާސީ ކަމެއް ނޫން ކަމަށާއި އެއީ ގައުމީ ކަމެއް ކަމަށެވެ. އަދި ސްރީލަންކާ މީހުން ތަބާވާ ހުރީ ދީންތަކެއްގެ އަގުތަކާއި ސަގާފަތަށް ހުރި ނުރައްކަލެއް ކަމަށެވެ.
ސްރީލަންކާގައި ގިނަ އަދަދެއްގެ ކެސީނޯ ހުރި އިރު އެކަމުގެ ސަބަބުން އެގައުމުގައި މާރާމާރީ ފަދަ ކުށްތައް ކުރުން ވަނީ އިތުރުވެފަ އެވެ.