ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުގައްޔޫމް ރާއްޖެއިން ބޭރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު މާލެވަޑައިގެންފި އެވެ.

އާއިލާގެ ބޭސްފަރުވާއަށް ކުރެއްވި ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް ޔާމީން މާލެ ވަޑައިގަތީ ރޭގެވަގުތެއްގަ އެވެ.

ރައީސްގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމް ދީދީ ވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ.

ރައީސް ކަމުގެ މަގާމާ ހަވާލުވެވަޑައިގެންނެވި ފަހުން އެމަނިކުފާނު ކުރައްވާ އެންމެ ފުރަތަމަ ރަސްމީ ދަތުރުފުޅު ކުރެއްވުމަށް ހަމަޖެހިފައި ވަނީ އިންޑިއާ އަށެވެ. އެ ދަތުރުފުޅަކީ އިންޑިއާގެ ބޮޑުވަޒީރު މަންމޯހަން ސިންގްގެ ދައުވަތަކަށް މި މަހުގެ 22 ވަނަ ދުވަހު ރައީސް ޔާމީން ކުރައްވާ ދަތުރުފުޅެކެވެ.