07 Dec 2013, 15:27
އެމެރިކާގެ ޓެކްސެސް ގައި ބޮޑު ޖިންޖަރބްރެޑް ގެއެއް (އިނގުރުޕާން ގެއެއް) ހަދައިގެން ޓްރެޑިޝަނަލް ކްލަބް ކިޔާ ކުންފުންޏެއް ވޯލް ރެކޯޑު ފޮތުން ޖާގަ ހޯދައިފި އެވެ.
ޓެކްސެސްގެ ބްރިޔަން ގައި ހަދާފައިވާ މި ގޭގެ ބޮޑު މިނުގައި 2520 އަކަފޫޓް އަދި އުސް މިނުގައި 21 ފޫޓު ހުރެއެވެ. ލަފާކުރެވޭ ގޮތުގައި މި ގޭގައި 35.8 މިލިއަން ކެލަރީސް ހުންނާނެ އެވެ.
އެކީ ކައިލެވޭ ގޮތަށް ހަދާފައިވާ މިގެ ފަރުމާކޮށް ހަދައިފައި ވަނީ ޓްރެޑިޝަނަލް ކްލަބްގެ ފަރާތުންނެވެ. އެމެރިކާގެ ހޮސްޕިޓަލެއް ކަމަށްވާ އެސް.ޓީ ޖޯސަފް އަށް ފައިސާ ހޯދުމުގެ ބޭނުމުގައި ހަދައިފައިވާ ޖިންޖާރބްރެޑް ގެ ފަރުމާކޮށްފައި ވަނީ ފިލައިން ހަދާފައިވާ ފްރޭމްއެއްގެ މަތީގައެވެ.
ޓެކްސެސްގެ ޖިންޖާރބްރެޑް ގެ ދުނިޔޭގެ ރިކޯޑް ހޯދައިފައި މިވަނީ މީގެ ކުރީން އެމެރިކާގެ މިނެސޮޓަރ މޯލްގައި ބްލޫމިންޓަން އިން ހަދައިފައިވާ ޖިންޖާރބްރެޑް ގެ އަށް ވުރެ އެތައް ގުނަ ބޮޑުކޮށް ގެ ފަރުމާކޮށް ހަދައިގެންނެވެ. މިނެސޮޓަރ މޯލްގައި ހުންނަ ގޭގެ ބޮޑު މިނަކީ 36600 ކިއުބިކް ފޫޓެވެ.
ޖިންޖާރބްރެޑް ގޭގެ ރެސިޕީގައި ހިމެނޭ މުހިއްމު މާއްދާތަކުގެ ތެރޭގައި 1800 ޕައުންޑް ބަޓަރު (820 ކިލޯ)، 2925 ޕައުންޑް ބްރައުން ޝުގަރ (1327 ކިލޯ)، 7200 ބިސް، 7200 ޕައުންޑް ފުށް (3266 ކިލޯ)، 1080 އައުންސް އިނގުރު (31 ކިލޯ) ހިމެނެ އެވެ.
މި ގެ ހެދުމުގެ މަސައްކަތުގައި އުޅުނު ބޭކަރުން، މިގެ ރަނގަޅަށް ބިމުގައި ހަރުލައްވަން ބަޓަރާއި ބޭކިން ސޯޑަރ ވީހާ ވެސް މަދުން ބޭނުން ކުރަން ޚާއްސަ މަސައްކަތްތަކެއް ކޮށްފައިވެ އެވެ. މިގެ ޒީނަތްތެރި ކުރުމަށް އެކި ވައްތަރު ތަކުގެ އައިސިން އާއި މެޓާ ގިނަ އަދަދަކަށް ބޭނުންކޮށްފައިވެ އެވެ. މި ގެ ހެދި ފަހުން ބައެއް ކަހަލަ ތޫފާންތައް އައިސް، ގަދައަށް އަވި ދިއްލާފައި އޮތް ނަމަވެސް އަދި ހުރީ ހެދިއިރު ވެސް ހުރި ޗާލު ކަމާ އެކުގަ އެވެ.