07 Dec 2013, 15:14
ކުޑަ ދެ ކުދިން ހައްޔަރުކުރުމުގެ ތެރޭގައި ފުލުހުން އެދެ ކުދިންނަށް އަނިޔާ ކޮށްފައިވާ ކަމަށް ބުނާ މައްސަލައެއް ހިއުމަން ރައިޓްސް ކޮމިޝަންއިން ބަލަން ފަށައިފި އެވެ.
އެ ކޮމިޝަން އިން މިއަދު ބުނީ ކުޑަ ދެ ކުދިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމުގައި އަނިޔާކޮށްފައިވާ ކަމަށް އެކޮމިޝަނަށް ހުށައެޅުމުން އެކޮމިޝަންގެ ޓީމެއް އެދެ ކުދިންނާ ބައްދަލުކޮށް މައުލޫމާތު ސާފުކޮށް އެ މައްސަލަ ބަލަމުންދާ ކަމަށެވެ.
އެމައްސަލައާ ގުޅުން ހުރި އިތުރު އެއްވެސް ތަފްސީލެއް އެކޮމިޝަނަކުން ނުދެ އެވެ.
އެ މައްސަލާގައި ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ހިއުމަން ރައިޓްސް ކޮމިޝަނުން ބުނާ މައްސަލައަކީ ކޮން މައްސަލައެއްކަން ނޭނގޭތީ އެކަމާ ގުޅޭގޮތުން ވަކި އެއްޗެއް ދައްނަވަން ނޭނގޭ ކަމަށެވެ.