ދެކުނު އެފްރިކާގެ ކުރީގެ ރައީސް ނެލްސަން މަންޑޭލާ އަވަހާރަވުމުގެ ހިތާމައިގައި ދިވެހި ދިދަ މިއަދުން ފެށިގެން
ތިން ދުވަސްވަންދެން ބައިދަނޑިއަށް ތިރިކުރަން ސަރުކާރުން ނިންމައިފި އެވެ.

ރައީސް އޮފީހުން އިއްޔެ އާންމު ކުރި ބަޔާނެއްގައި ބުނީ އަންނަ ހޯމަ ދުވުގެ ނިޔަލަށް ދިވެހި ދިދަ ބައިދަނޑީގައި ބެހެއްްޓުމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ނިންމަވާފައިވާ ކަމަށެވެ.