ގަވާއިދާ ޚިލާފަށް އުޅުނު 98 ބިދޭސީއަކު ހޯދައި ފުލުހުން އިމިގްރޭޝަނާ ހަވާލުކޮށްފި އެވެ.

ފުލުހުން ބުނީ އެ 98 ބިދޭސީން ހޯދާފައި ވަނީ މިއަދު ހެނދުނު 6:00 އިން ފެށިގެން ހިންގި އިމިގްރޭޝަނާ ގުޅިގެން ފުލުހުން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި ކަމަށެވެ.

އެ މީހުންގެ ތެރޭގައި ވޯކްވިސާ ހަމަވެފައި ތިބި މީހުންނާއި އެހެނިހެން މައްސަލަތައް ހުރި މީހުން ހިމެނޭ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އޮޕަރޭޝަންގައި ކްރިމިނަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓާއި ޕޮލިސް އިންޓެލިޖެންސް އަދި މާލޭ ސިޓީ ޕޮލިހާއި ޓްރެފިކް ޕޮލިސް ގައި މަސައްކަތްކުރާ ފުލުހުން ބައިވެރިވެފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.