ހަތަރު ބޭފުޅަކަށް ސްޓޭޓް މިނިސްޓަރުކަން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔާމު ދެއްވައިފި އެވެ.

ރައީސް އޮފީހުން މިއަދު އާންމު ކުރި ބަޔާނެއްގައި ބުނީ ސްޓޭޓް މިނިސްޓަރު ފެންވަރުގެ މަގާމެއްގެ ގޮތުގައި ނޭޝަނަލް ޑިޒާސްޓާ މެނެޖްމަންޓް ސެންޓާ ހިންގަވާ އެންމެ އިސްވެރިއެއްގެ ގޮތުގައި މާފަންނު ނަޣުމާ މުޙަންމަދު ޒުހައިރު ހަމަޖައްސަވާފައިވާ ކަމަށެވެ. އަދި ފިޝަރީޒް އެންޑް އެގްރިކަލްޗަރު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމަށް ހެންވޭރު ހަތިހާޒަހާ ވަޙީދު ހަމަޖައްސާފައިވާ ކަމަށާއި ހައުސިންގް އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމަށް މާފަންނު އާސްތާނާ އާމިނަތު ޢާޠިފާ ޝުކޫރު ހަމަޖައްސަވާފައިވާ ކަމަށާއި ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމަށް ބ. ތުޅާދޫ ވިންޓާހައުސް އަޙްމަދު މުޞްޠަފާ މުޙަންމަދު ހަމަޖައްސަވާފައިވާ ކަމަށެވެ.

އޭނާ މިހާތަނަށް ހުންނެވީ މިނިސްޓަރު އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ ނައިބުގެ މަގާމުގަ އެވެ.