ތިން މިނިސްޓްރީއެއްގެ މިނިސްޓަރުގެ ނައިބު ކަމުގެ މަގާމަށް ތިން ބޭފުޅަކު ޢައްޔަނު ކުރައްވައިފި އެވެ.

ރައީސް އޮފީހުން މިއަދު އާންމު ކުރި ބަޔާނެއްގައި ބުނީ އިކޮނޮމިކް ޑިވެލޮޕްމަންޓް މިނިސްޓަރުގެ ނައިބު ކަމުގެ މަގާމަށް ދަފުތަރު އާދަމް ތައުފީގު ހަމަޖައްސާފައިވާ ކަމަށާއި ހައުސިންގް އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރުގެ ނައިބު ކަމުގެ މަގާމަށް ގަލޮޅު ހިޔަލަ ޢަބްދުﷲ ފަޔާޒު އައްޔަން ކުރައްވާފައިވާ ކަމަށާއި އިސްލާމިކް އެފެއާޒް މިނިސްޓަރުގެ ނައިބު ކަމުގެ މަގާމަށް ފ. ނިލަންދޫ ވެނީލާގޭ ޢަލީ ވަޙީދު ހަމަޖައްސަވާފައިވާ ކަމަށެވެ.