ހއ. ދިއްދޫ ރަށު ކައުންސިލް އިދާރާގެ ދެ ތިޖޫރީ ފަޅާލައިފި އެވެ.

އެ ރަށުން ސަން އަށް މައުލޫމާތު ދިން މީހަކު މިއަދު ބުނީ ކައުންސިލް އިދާރާއަށް ވަދެފައި ވަނީ ފާހާނާގެ ފެންލައިޓް ހަލާކުކޮށްލައިގެން ވަދެ ކަމަށެވެ.

އަދި ކައުންސިލް އިދާރާގެ ތިޖޫރީ ހަލާކުކޮށްލާފައި ވަނީ އެ އިދާރާގެ ބަޖެޓްގައި ލާރިނެތިގެން ވޮޗަރަކު ވެސް ނެތީސް ކަމަށެވެ.

ފުލުހުން ބުނީ މިއަދު ހެނދުނު އެ ރަށު ކައުންސިލްގެ އިދާރާގެ ދެ ތިޖޫރީއެއް ހަލާކުކޮށްލި ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި ދެ ތިޖޫރީގެ ތެރެއިން އެއް ތިޖޫރީ ހުރީ ބޭނުންނުކުރެވޭ ވަރަށް ހަލާކުކޮށްލުމަށް ފަހު ތިޖޫރީ ހުޅުވާފައި ކަމަށެވެ.

ނަމަވެސް އެ އިން އެއްވެސް ތިޖޫރީއެއްގައި ފައިސާ ނުހުންނާނެ ކަމަށް ކައުންސިލް އިދާރާ އިން މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

ފުލުހުން ބުނީ އެ މައްސަލައިގައި ތުހުމަތު ކުރެވޭ ފަރާތްތައް ހޯދަމުން އަންނަ ކަމަށެވެ.