05 Dec 2013, 12:13
ކުށުގެ ރެކޯޑު ސާފުކުރުމުގެ ޚިދުމަތްދޭ ވަގުތު ސުޕްރީމް ކޯޓުން ވެސް އިތުރުކޮށްފި އެވެ.
ސުޕްރީމް ކޯޓުން ބުނީ މިހާތަށް އެ ކޯޓުން ކުށުގެ ރެކޯޑު ސާފުކުރުމުގެ ޚިދުމަތް ދެމުން އަންނަނީ ހަމައެކަނި ބުރާސްފަތި ދުވަހު ހަވީރު 6:00 އާ ހަމައަށް ކަމަށެވެ. ނަމަވެސް ފަހަކަށް އައިސް ގިނަ ބަޔަކު އެ ޚިދުމަތް ހޯދަން އެދެމުންދާތީ ހޮނިހިރު ދުވަހު ހެނދުނު 11:00 އިން ފެށިގެން ހަވީރު 5:00 އާ ހަމައަށް ކުށުގެ ރެކޯޑު ސާފުކުރުމުގެ ޚިދުމަތް ދިނުމަށް ނިންމާފައިވާ ކަމަށް ވެސް ސުޕްރީމް ކޯޓުން ބުންޏެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާ ގުޅިގެން ގިނަ ބަޔަކު އަންނަނީ ކުށުގެ ރެކޯޑު ސާފުކުރަމުންނެވެ.
ސުޕްރީމް ކޯޓުގެ އިތުރުން ކްރިމިނަލް ކޯޓާއި ހައިކޯޓުގެ އިތުރުން ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަނުން ވެސް ވަނީ ކުށުގެ ރެކޯޑު ސާފުކުރުމުގެ ޚިދުމަތްދޭ ވަގުތު އިތުރުކޮށްފަ އެވެ.