05 Dec 2013, 11:40
މަސްވެރިކަމަށް ނުކުމެ އުޅުނިކޮށް އިއްޔެ ހެނދުނު ކަނޑަށް ވެއްޓުނު އަލީ މުމްތާޒް ގެއްލުނުތާ 24 ގަޑިއިރު ވީއިރުވެސް އަދިވެސް އޭނާ ނުފެންނަ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.
އެމްއެންޑީއެފުން މިއަދު ބުނީ މުމްތާޒް ހޯދުމުގެ މަސައްކަތް އަދިވެސް ހުއްޓުމެއްނެތި އެމްއެންޑީއެފް ސަދަން އޭރިއާއިން ކުރަމުންދާ ކަމަށާއި އެ މަސައްކަތަށް އެހީތެރިވުމުގެ ގޮތުން ކޯސްޓްގާޑްގެ އިސްކަންދަރު ލޯންޗުވެސް މިއަދު ހެނދުނު ހަރަކާތްތެރިވާން ފަށާފައިވާ ކަމަށެވެ.
އެގޮތުން އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަން އިން ހުއްޓާނުލައި ކަނޑުމަގުންނާއި ވައިގެ މަގުން އިއްޔެ ހެނދުނު ކުރި މަސައްކަތުން 100 އަކަނޯޓިކަލް މޭލްގެ ސަރަޙައްދެއް މިހާތަނަށް ބަލާފައިވާ ކަމަށްވެސް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ.
އައްޑޫ ސިޓީ މަރަދޫ ފޭދޫ ވަޑިގެ، އަލީ މުމްތާޒް، 33 ކަނޑަށް ވެއްޓުނީ މަރަދޫގައި ދުއްވާ،'ސީބާޑް ނަމަކަށްކިޔާ ދޯންޏެއްގައި މަހަށްގޮސް އުޅެނިކޮށް، ޝަންގްރިއްލާ ރިސޯޓްގެ އިރު ދެކުނުން ގާތްގަނޑަކަށް 22 ނޯޓިކަލް މޭލް ބޭރުގައި ދޯނި އޮއްވައި އިއްޔެ ހެނދުނު 7:50 ގައެވެ. އަދި އޭނާ ކަނޑަށް ވެއްޓުނު އިރު ލައިގެން ހުރީ ނޫކުލައިގެ ޖީންސް އަކާއި ރީނދޫކުލައިގެ ޖާޒީ އެއް ކަމަށް އެމްއެންޑީއެފް އިން މައުލޫމާތު ދެއެވެ.
މުމްތާޒް އާއި ބެހޭ އެއްވެސް މައުލޫމާތެއް ލިބިއްޖެނަމަ ލަސްނުކުރައްވާ ކޯސްޓްގާޑްގެ ހިލޭ ގުޅޭ ނަމްބަރު 191 ނުވަތަ 3395981 އަދި 3398898 ފޯނަށް ގުޅުއްވައި ދެއްވުމަށް އެމްއެންޑީއެފުން ވަނީ އެދިފަ އެވެ.