04 Dec 2013, 13:22
ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ރާއްޖެ އިން ބޭރަށް ކުރައްވާ ފުރަތަމަ ދަތުރުފުޅުގައި މިރޭ ސިންގަޕޫރަށް ފުރާވަޑައިގެންނަވާ ގޮތަށް ނިންމަވައިފި އެވެ.
ރައީސް އޮފީހުގެ ސްޕޯކްސްޕާސަން އިބްރާހިމް މުއާޒު މިއަދު ވިދާޅުވީ ރައީސް ޔާމީން ސިންގަޕޫރަށް ކުރައްވާ މި ދަތުރުފުޅަކީ އާއިލީ ދަތުރުފުޅެއް ކަމަށާއި އެ ދަތުރުފުޅަކީ ވަރަށް ވެސް ކުރު ދަތުރުފުޅެއް ކަމަށެވެ.
ނަމަވެސް އެނބުރު ރާއްޖެ ވަޑައިގެންނަވާނެ ވަކި ދުވަހެއް އޭނާ ވިދާޅެއް ނުވެ އެވެ.
ރައީސް ޔާމީން އަމިއްލަފުޅު ދަތުރުފުޅެއްގައި މިރޭ ސިންގަޕޫރަށް ފުރަވަޑައިގަތް ނަމަވެސް ރައީސް ކަމުގެ މަގާމާ ހަވާލުވެވަޑައިގެންނެވި ފަހުން އެމަނިކުފާނު ކުރައްވާ އެންމެ ފުރަތަމަ ރަސްމީ ދަތުރުފުޅު ކުރެއްވުމަށް ހަމަޖެހިފައި ވަނީ އިންޑިއާ އަށެވެ. އެ ދަތުރުފުޅަކީ އިންޑިއާގެ ބޮޑުވަޒީރު މަންމޯހަން ސިންގްގެ ދައުވަތަކަށް މި މަހުގެ 22 ވަނަ ދުވަހު ރައީސް ޔާމީން ކުރައްވާ ދަތުރުފުޅެކެވެ.