ޖްވެނައިލް ކޯޓުން ހިނގަން ހައުސިން މިނިސްޓްރީން ޖްޑިޝަރީއަށް އިމާރާތެއް ދީފި އެވެ.


ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން އިން މިއަދު ބުނީ ޖްވެނައިލް ކޯޓް ހިންގުމަށް އިމާރާތެއް ދިނީ މިއަދު ކަމަށެވެ. އަދި ބުނީ އެ ކޯޓު ހިންގަން ސަރުކާރުން ދިނީ މ. މާތިލައިގެ އިމާރާތް ކަމަށެވެ.


ޖްޑީޝަލް އެޑްމިނިސްޓްރޭޝަނުން ބުނީ ސަރުކާރުން ދިން އިމާރާތް ޖުވެނައިލް ކޯޓް ހިންގަން ބޭނުންވާ ގޮތަށް ފަރުމާކޮށްފައިވާ ކަމަށާއި ކުރިއަށް ދުވަސްތަކުގައި ކަމާ ބެހޭ ފަރާތްތަކުން ހުއްދައާއެކު އެ އިމާރާތުގައި ޖުވެނައިލް ކޯޓު ހިންގުމުގެ މަސައްކަތް ކުރިޔަށް ގެންދާނެ ކަމަށެވެ.


"އާ އިމާރާތަށް ދާން ދުވަސްކޮޅެއް ނަގާނެ، އެ މަސައްކަތް ކުރަމުން މިދަނީ،" ޖްޑީޝަލް އެޑްމިނިސްޓްރޭޝަންގެ އިސް އޮފިޝަލަކު މިއަދު ވިދާޅުވި އެވެ.