ބްލޫ ލެގޫން އިންވެސްޓްމަންޓުން ހިންގަމުންދާ އއ. މަޑޫގަލި ރިސޯޓުގައި ސްނޯކްލިންއަށް ގޮސްއުޅުނު ޓޫރިސްޓަކު މަރުވެއްޖެ އެވެ.

އެ ރިސޯޓުން ވާހަކަ ދެއްކި އޮފިޝަލަކު ވިދާޅުވީ އިއްޔެ މެންދުރު ފަހު 3:00ގައި ހިނގި އެ ހާދިސާގައި މަރުވެފައިވަނީ ޖަރުމަނުގެ 70 އަހަރުގެ ފިރިހެނެއް ކަމަށެވެ. އަދި އެ ހާދިސާ ހިނގުމާ އެކު ވަގުތުން އެ އަތޮޅު ފެރީދޫ ސިއްހީ މަރުކަޒަށް ގެންގޮސްފައިވާ ކަމަށް ވެސް އެ އޮފިޝަލު ވިދާޅުވި އެވެ.

މަޑޫގަލި ރިސޯޓުގައި ސްނޯކްލިންއަށް ގޮސްއުޅުނު ޓޫރިސްޓަކު މަރުވެފައިވާ ކަން ފުލުހުން ވެސް ވަނީ ކަށަވަރުކޮށްދީފަ އެވެ.