ސަރުކާރުގެ ތިން މަގާމަކަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ބޭފުޅުން އައްޔަނު ކުރައްވައިފި އެވެ.

ޑިފެންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމުގެ މަގާމަށް ހަމަޖެއްސެވީ މާފަންނު ގުލްފާމުގޭ މުހަންމަދު މުއިއްޒު އަދުނާނެވެ. ޔޫތު މިނިސްޓަރުގެ ނައިބުގެ މަގާމަށް ލ. ފޮނަދޫ އަރާއިރު އިބްރާހީމް ފައިސަލް ހަމަޖެއްސެވި އިރު، ހޯމް މިނިސްޓަރުގެ ނައިބުގެ މަގާމަށް މ. ފުސްތުޅާގޭ މުހައްމަދު ހާނިމް ވަނީ ހަމަޖައްސަވާފަ އެވެ.

ހާނިމް އެ މަގާމަށް އައްޔަންކުރައްވާފައި ވަނީ، މިނިސްޓްރީ އޮފް ހޯމްއެފެއާޒްގެ ދަށުން ހިނގަމުންދާ ޑިޕާޓްމަންޓް އޮފް ޕެނިޓެންޝަރީ އެންޑް ރިހެބިލިޓޭޝަން ސަވިސަސްގައި މަސައްކަތް ކުރައްވާ ގޮތަށް ކަމަށް ރައީސް އޮފީހުން ބުންޏެވެ.