03 Dec 2013, 21:17
ލ. އަތޮޅު ކަލައިދޫ އަކީ އެއަތޮޅު އިސްދޫއާ ވަކިން އޮންނަ، މީހުން ދިރިއުޅޭ ވަކިރަށެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ކަނޑައަޅުއްވައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާ އެގޮތަށް ކަނޑައަޅުއްވާފައި ވަނީ މިއަދު ނެރުއްވި ގަރާރަކުންނެވެ.
މިގޮތަށް ރައީސް ކަނޑައެޅުއްވީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން 14 އޮކްޓޫބަރު 2010ގައި ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއު ކޮށްފައިވާ ދިވެހި ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތައް ކަނޑައެޅުމުގެ ގަރާރަށް ގެންނެވި އިސްލާހަކުންނެވެ.