03 Dec 2013, 19:57
ހެލްތު މިނިސްޓްރީގެ އިދާރީކަންތައްތައް ވަގުތީގޮތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރު އަބްދުﷲ އަމީނާ ރައީސުލްޖުމްހޫރިއްޔާ ހަވާލުކުރައްވައިފިއެވެ.
ރައީސް އޮފީހުން ބުނީ އެ މިނިސްޓްރީގެ އިދާރީ މަސައްކަތްތައް އަމީނާ ރައީސް ހަވާލުކުރެއްވީ ހެލްތު މިނިސްޓަރު ޑރ. މަރިޔަމް ޝަކީލާ ޗުއްޓީއެއްގައި ރާއްޖެއިން ބޭރަށް ފުރާވަޑައިގެންފައިވާތީ، އެކަމަނާ އެނބުރި ރާއްޖެ ވަޑައިގަންނަވަންދެން ކަމަށެވެ.