މިހާރު ކުރިއަށްދާ 24 ވަނަ ގައުމީ ކެރަމް މުބާރާތުގެ ޕްރިމިއާޑިވިޝަން ފިރިހެން ޓީމް އިވެންޓުގެ ސެމީފައިނަލުން ޓީމުތައް ޖާގަކަށަވަރުކޮށްފި އެވެ.

މުބާރާތުގެ ސެމީ ފައިންލުން ޖާގަ ހޯދާފައިވަނީ، ދިވެހި ސިފައިންގެ ކްލަބް (ޑީއެސްސީ)އާއި މޯފާ ރެކްރިއޭޝަން ކްލަބާއި ކްލަބު ރިވަލްސާ އަދި ކްލަބު ގްރީން ސްޓްރީޓް އެވެ.

ސެމީފައިނަލްގެ ފުރަތަމަ މެޗުގައި މިރޭ ބައްދަލުކުރާނީ ޑީއެސްއީއާއި މޯފާ ރެކްރިއޭޝަން އެވެ. ސެމީގެ ދެވަނަ މެޗުގައި ވާދަކުރާނީ ރިވަލްސާއާއި ގްރީން ސްޓްރީޓެވެ.

ޖުމްލަ 87 ކުޅުންތެރިއަކު ވާދަކުރާ މިމުބާރާތް ކުރިއަށްދަނީ ދެޑިވިޝަނަކަށް ބާހާލައިގެންނެވެ. އެއީ ޕްރިމިއާ ޑިވިޝަން ފިރިހެން ޓީމް އިވެންޓާއި އަންހެން ޓިމް އިވެންޓާއި ޕްރިމިއާ ޑިވިޝަންގެ ފިރިހެން އަދި އަންހެން ސިންގަލްސް އިވެންޓާއި، ޑަބަލްސް އިވެންޓުގެ އިތުރުން މިކްސްޑް ޑަބަލްސް އިވެންޓެވެ. ސެކަންޑް ޑިވިޝަންގައި ކުރިއަށްދާނީ ސިންގަލްސް އަދި ޑަބަލްސް އިވެންޓުގެ މެޗުތަކެވެ.

ހޯމަ ދުވަހު ފެއްޓި މިމުބާރާތުގެ ފިރިހެން ޑިވިޝަންގައި ވާދަކުރާ ޓީމުތަކަކީ ޑީއެސްސީއާއި، ކުލަބް ޕީކޭއާއި ރިވަލްސާއާއި މޯފާ ރެކްރިއޭޝަން އާއި ފެލްކަން ސްޕޯޓް ކްލަބާއި ގްރީން ސްޓްރީޓްގެ އިތުރު ސްޕޯޓްސް ކުލަބް ފީނިކްސް އެވެ. އަދި އަންހެން ޑިވިޝަންގައި ވާދަކުރަނީ ދިވެހި ސިފައިންގެ ކުލަބާއި ކުލަބް ޕީކޭ އެވެ.

ކެރަމް އެސޯސިއޭޝަނުން ބުނީ މިމަހު އަށެއްގެ ނިޔަލަށް ގަލޮޅު ދަނޑުގައި ހުންނަ ރަސްމީ ކެރަމް ހޯލުގައި ކުރިއަށްދާ މިމުބާރާތުގެ ކުޅިބެލުން އާންމުކޮށް ހުޅުވާލެވިފައިވާ ކަމަށެވެ.