03 Dec 2013, 14:56
ޖުމްހޫރީ ޕާޓީން ހުސްވެފައިވާ މަގާމްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ޖުމްހޫރީ ޕާޓީން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައި ވަނީ އެ ޕާޓީގެ ނާއިބް ލީޑަރު ކަމުގެ މަގާމާއި ސްޕޯކްސް ޕާސަން އަދި ލީގަލް ސެކްރެޓަރީ ކަމުގެ މަގާމަށް ކުރިމަތިލުމަށް އެ ޕާޓީގެ މެމްބަރުންނަށް ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
އެ މަގާމްތަކަށް ކުރިމަތިލުމަށް ބޭނުންވާ ފަރާތްތަކުން އެކަމަށް ހުށަހަޅަން ޖެހޭ ލިޔުން މިމަހުގެ 10 ވަނަ ދުވަހުގެ ރޭ 8:00 ގެ ކުރިން މާފަންނު ކުނޫޒަށް ފޮނުވައިދިނުމަށް އެދޭ ކަމަށެވެ.
މަގާމްތަކަށް ކުރިމަތިލުމަށް އެދޭ ފޯމް ޕާޓީގެ އޮފީހުންނާއި ވެބްސައިޓުން ލިބެން ހުންނާނެ ކަމަށް ވެސް އެ އިއުލާންގައި ބުނެފައިވެ އެވެ.