ބައިނަލްއަގުވާމީ ތިން މުޢާހަދާއެއްގައި ދިވެހި ދައުލަތުން ބައިވެރިވުމަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށް ރައީސް އަބްދުﷲ ޔާމީން ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށް ފަހު ރާއްޖެއިން ބައިވެރިވުމަށް ރައީސް ޔަމީން ނިންމަވާފައިވާ ބައިނައްލަޢުވާމީ ފުރަތަމަ މުޢާހަދާއަކީ "އޮޕްޝަނަލް ޕްރޮޓޮކޯލް ޓު ޕްރިވެންޓް، ސަޕްރެސް އެންޑް ޕަނިޝް ޓްރެފިކިން އިން ޕާސަންސް އެސްޕެޝަލީ ވިމެން އެންޑް ޗިލްޑްރެންސް" (ސަޕްލިމެންޓިން ދަ ޔުނައިޓެޑް ނޭޝަންސް ކޮންވެޝަންސް އަގެންސްޓް ޓްރާންސްނޭޝަނަލް އޮގަނައިޒްޑް ކްރައިމް) މުޢާހަދާގަ އެވެ.

ރިޔާސަތުން އެ މައްސަލަ މަޖިލީހުގެ ތަޅުމަށް ހުށަހެޅުމަށް އެކަމާއިމެދު ގޮތެއް ނިންމުމަށްޓަކައި އެ މައްސަލަ އިތުރަށް ދިރާސާ ކުރުމަށްޓަކައި ވަނީ ގައުމީ ސަލާމަތު ކޮމެޓީ އަށް ފޮނުވާފަ އެވެ.

ދިވެހި ދައުލަތުން ބައިވެރިވުމަށް ނިންމައި ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށް ރައީސް ފޮނުއްވި ފޮނުވި ދެވަނަ މުޢާހަދާއަކީ "އޮފް އެކުއަކަލްޗާއޮގަނައިޒޭޝަން ފޯ ދަ ނެޓްވޯކް އޮފް އެކުއަކަލްޗާ ސެންޓެންސް އިން އޭޝިޔާ އެންޑް ދަ ޕެސެފިކް" (ނާކާ)ގަ އެވެ.

ރައީސް އަބްދުﷲ ޔާމީން މަޖިލީހުގެ ރުހުން ހޯދުމަށް ފޮނުވި ތިން ވަނަ މުޢާހަދާ އަކީ "މެރިޓައިމް ލޭބާ ކޮންވެންޝަން 2006" ގަ އެވެ.

މި ތިން މުޢާހަދާގައި ރާއްޖެއިން ބައިވެރިވުޔމާއި މެދު ގޮތެއް ނިންމާނީ ރައްޔިތުންގެ މަޖިލީހަށް ތަޅުމަސް ހުށަހަޅައިގެން މަޖިލީހުގެ ތަޅުމުން ފާސްކުރުމުންނެވެ.