03 Dec 2013, 10:56
ސިފައިންގެ ދެ ބޭކަލަކު ޝަރަފްވެރިކަމާ އެކު ސިފައިންގެ ޚިދުމަތުން މިއަދު ރިޓަޔާ ކުރައްވައިފި އެވެ.
ސިފައިންގެ ޚިދުމަތުން ރިޓަޔާ ކުރެއްވި ދެ ބޭކަލުންނަކީ، އެމްއެންޑީއެފުން މިއަދު ބުނި ގޮތުގައި، ކާނަލް އަޙުމަދު ޖިހާދު އާއި ލެފްޓިނެންޓް ކާނަލް ޒުބައިރު އަޙުމަދު މަނިކު އެވެ. އަހުމަދު ޖިހާދަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގެ އެޑިއުކޭޝަން މިނިސްޓަރު ޝިފާ މުހައްމަދުގެ ފިރިކަލުންނެވެ.
ޖިހާދު ސިފައިންގެ ޚިދުމަތުން ޝަރަފުވެރިކަމާ އެކު ރިޓަޔާ ކުރައްވާފައި ވަނީ ސިފައިންގެ ޚިދުމަތުގައި 31 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތް ކުރެއްވުމަށް ފަހު އެވެ. އަދި ލެފްޓިނެންޓް ކާނަލް ޒުބައިރު އަޙުމަދު މަނިކު ސިފައިންގެ ޚިދުމަތުން ޝަރަފުވެރިކަމާ އެކު ރިޓަޔާ ކުރައްވާފައި ވަނީ 34 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތް ކުރެއްވުމަށް ފަހު އެވެ.