އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމުގައި ހުންނެވި އަޙްމަދު ސައުދީއަށް ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސްގެ މަޤާމު ރައީސުލްޖުމްހޫރިއްޔާ މިއަދު ޢައްޔަން ކުރައްވައިފި އެވެ.

ރައީސް އަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމް، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމަށް އަޙްމަދު ސައުދީ ޢައްޔަންކުރައްވާފައި ވަނީ ފުލުހުންގެ ޤާނޫނުގެ 54 ވަނަ މާއްދާގެ ހ. ގައި ބަޔާންކޮށްފައިވާ ގޮތުން ފުލުހުންގެ ދައުރު އަދާކުރުމުގެ އެންމެހައި ކަންތައްތައް ރާވައި، ދުވަހުން ދުވަހަށް ހިންގައި ބެލެހެއްޓުމުގައި ކޮމިޝަނަރ އޮފް ޕޮލިސްއަށް އެހީތެރިވެދިނުމަށް، ފުލުހުންގެ ޤާނޫނުގެ 54 ވަނަ މާއްދާގެ ށ. އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުންނެވެ.

ފުލުހުންގެ ޚިދުމަތުގައި 21 އަހަރާއި ހަތް މަހަށްވުރެ ގިނަ ދުވަހު ޚިދުމަތްކުރައްވާފައިވާ އަޙްމަދު ސައުދީ ޑެޕިއުޓީ ކޮމިޝަނަރގެ މަޤާމަށް ޢައްޔަންކުރެއްވިއިރު ހުންނެވީ އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަދި ސެންޓްރަލް އޮޕަރޭޝަންސް ކޮމާންޑް ހެޑެއްގެ މަޤާމުގަ އެވެ.