02 Dec 2013, 12:41
ރާއްޖެ އިން ބޭރުގައި ގާއިމްކޮށްފައިވާ ދިވެހި ހައި ކޮމިޝަންތައް މެދުވެރިކޮށް ބިދޭސީންގެ ބަޔާންތައް ނުގެމަށް ސުޕްރީމް ކޯޓުން އަންގައިފި އެވެ.
އުއްތަމަ ފަނޑިޔާރު އަހްމަދު ފާއިޒު ހުސައިން ސޮއިކުރައްވައި މިދިޔަ މަހުގެ 28 ވަނަ ދުވަހު ނެރުއްވި އާންމު ސިޓީގައި ބުނެފައި ވަނީ ރާއްޖެ އިން ބޭރުގައި ހުންނަ ދިވެހި ހައިކޮމިޝަންތައް މެދުވެރިކޮށް ބިދޭސީންގެ ބަޔާންތައް ނެގުމަށް ކޯޓުތަކުން ފޮރިން މިނިސްޓްރީ އަށް އަންގަމުންދާކަން ފާހަކަކުރެވޭ ކަމަށެވެ.
އެ ސިޓީގައި ބުނެފައި ވަނީ ބޭރު ގައުމުތަކުގައި ގާއިމްކޮށްފައިވާ ދިވެހި ހައި ކޮމިޝަންތަކަށް ބިދޭސީން ހާޒިރުކޮށް އެފަރާތެއްގެ ބަޔާން ނެގުމަކީ ފޮރިން މިނިސްޓްރީއަށާއި އަދި އެ މިނިސްޓްރީގެ ދަށުން ހިންގާ މިޝަނަކަށް ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.
ކޮންމެ ގައުމެއްގައި ވެސް ގާއިމްކޮށްފައިވާ ދިވެހި ހައިކޮމިޝަންތަކުގެ ހަތަރު ފާރުތެރޭގައި ހިނގާނީ ރާއްޖޭގެ ގާނޫނުތައް ކަމަށާއި އެހެންކަމުން އެފަދައިން އަމަލުކުރާ ނަމަ ބިދޭސީއަކަށް ލިބިދޭން ޖެހޭ އެ ގައުމެއްގެ ފުރިހަމަ ގާނޫނީ ރައްކާތެރިކަން އެ ހާލަތުގައި ކަށަވަރު ނުކުރެވޭނެ ކަމަށް އެ ސިޓީގައި ބުނެފައިވެ އެވެ.