02 Dec 2013, 10:37
އެމްޓީސީސީން ދެމުން އަންނަ އެކްސްޕްރެސް ލޯންޗްގެ ހިދުމަތުގެ އަގު 35ރ. އަށް ބޮޑުކޮށްފި އެވެ.
ހުޅުލެއަށާއި ހުޅުމާލެއަށް އެންމެ ފުރަތަމަ ވިއްކާފައި ވަނީ 20ރ. އަށެވެ. އަދި އޭގެ ފަހުން 25ރ. އަށް ދެމުން ދިޔަ އެކްސްޕްރެސް ހިދުމަތް ދެ ވަނަ ފަހަރަށް އިއްޔެއިން ފެށިގެން އަގު ބޮޑުކުރުމުން މިހާރު ހުޅުމާލެ އަށާއި ހުޅުލެއަށް އެމްޓީސީސީގެ ލޯންޗް ދަތުރެއްގެ ޓިކެޓެއް ވިއްކަނީ 35ރ. އަށެވެ.
ސަންއާ ވާހަކަދެއްކި އެމްޓީސީސީގެ އޮފިޝަލަކު ވިދާޅުވީ އެކްސްޕްރެސް ހިދުމަތުގެ އަގު ބޮޑުކުރީ ތެޔޮ އަގު ބޮޑުވުމާއި އެހެނިހެން ސަބަބުތަކާ ހުރެ އަގު ބޮޑު ނުކޮށް އެ ހިދުމަތް ދެވެން ނެތުމުން ކަމަށެވެ.
އެމްޓީސީސީން އެކްސްޕްރެސްގެ އަގު ބޮޑުކޮށްފައިވީ ނަމަވެސް މިހާރު ވެސް އެ ކުންފުނިން ހުޅުމާލެއަށް ފެރީ ޓިކެޓެއް ވިއްކަނީ 5.50ރ. އަށެވެ. އަދި ވިލިނގިލީ 3.25ރ. އަށެވެ. އަދި އެކުންފުނިން ވަނީ ދާދިފަހުން ހުޅުމާލެ ފެރީގެ ހިދުމަތައް މިހާރު ބޭނުންކުރާ ޓިކެޓުގެ ބަދަލުގައި އިލެކްޓްރޯނިކް ޓިކެޓެއް ތައާރަފްކޮށްފަ އެވެ.