ނިޔުޔޯކްސިޓީ (ޑިސެމްބަރު 2): އެމެރިކާގެ ނިޔުޔޯކް ސިޓީގައި އިއްޔެ ރޭލެއް ފޮރޮޅާލުމުގެ ސަބަބުން ހަތަރު މީހުން މަރުވެ އެތައް ބަޔަކު ޒަޚަމްވެއްޖެ އެވެ.

ނިޔުޔޯކްގެ ރޭލްވޭތަކާ ބެހޭ އިދާރާ އިން ބުނީ ބްރޮންކްސް ސަރަހައްދުގެ ރޭލެއް އޭގެ ދަނގަނޑުން ކައްސާލުމުގެ ސަބަބުން އެރޭލުގެ ހަތް ބަޔާ އެކު ވެއްޓި ހަތަރު މީހުން މަރުވެ 63 މީހުން ޒަޚަމްވެފައިވާ ކަމަށާއި ބައެއްމީހުންގެ ޙާލަތު ސީރިޔަސް ކަމުގަ އެވެ. އެ ހާދިސާއާ ގުޅިގެން ހިނގާފާނެ އިތުރު އެކްސިޑެންޓަކުން ސަލާމަތް ވުމަށް ޓަކައި ރައްކާތެރި ފިޔަވަޅެއްގެ ގޮތުން ބްރޮންކްސް ސަރަހައްދާއި އެ ސަރަހައްދުގެ ކައިރިން ދަތުރުކުރާ ރޭލްތަކުގެ ދަތުރުތައް ވަގުތީ ގޮތުން ހުއްޓާލާފައިވާ ކަމަށް ވެސް ނިޔުޔޯކްގެ ރޭލްވޭތަކާ ބެހޭ އިދާރާ އިން ވަނީ ބުނެފަ އެވެ.

މިހާދިސާއާ ގުޅިގެން ރޭލްވޭގެ ބައިތަކުގެ ތެރޭގައި ތާށިވެފައިވާ އެތައް ސަތޭކަ ފަސިންޖަރުން ސަލާމަތް ކުރުމަށް ޓަކައި ނިޔުޔޯކްގެ ކުއްލި ޙާލަތާ ބެހޭ ޚިދްމަތްތަކުން ވަރަށް އަވަސް ފިޔަވަޅުތަކެއް އަޅައި މަރުވި މީހުންނާއި ޒަޚަމްވި މީހުން ކައިރީގައިވާ ހޮސްޕިޓަލްތަކަށް ގެންގޮސްފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ. މިދިޔަ މޭމަހު ވެސް ނިޔުޔޯކްގައި ވަނީ ރޭލު އެކްސިޑެއްޓެއް ހިނގާފަ އެވެ. އެ އެކްސިޑެންޓްގައި ގިނަ އަދަދެއްގެ ބަޔަކު ޒަޚަމްވެ ބޮޑެތި ގެއްލުންތަކެއް ލިބިފައިވެ އެވެ.
ނިޔުޔޯކްގެ ރޭލްވޭތަކާ ބެހޭ އިދާރާ އިން ބުނި ގޮތުގައި ރޭލް މަގުން ކައްސާލީ ދުއްވަން ޖެހޭ ވަރަށް ވުރެ މާބާރަށް ދުއްވުމުގެ ސަބަބުން ކަމަށާއި މިކަން ބަލައި ތަހްޤީޤް ކުރަމުންދާ ކަމުގަ އެވެ. (ބީބީސީ)