01 Dec 2013, 06:55
ގއ. އަތޮޅަށް މެދުނުކެނޑި ކުރަމުންދާ ވިއްސާރައިގައި އެ އަތޮޅު ބައެއް ރަށްރަށުގައި ފެންބޮޑުވެއްޖެ އެވެ.
އެގޮތުން އެ އަތޮޅު ދާންދޫ އާއި ގެމަނަފުއްޓާއި ވިލިނގިލީގެ އިތުރުން ގދ. ގައްދުއަށް ވަނީ ވިއްސާރައިގެ އަސަރު ވަރަށް ބޮޑަށް ކޮށްފަ އެވެ. އަދި ބައެއް ރަށްރަށަށް އެކިވަރުގެ ގެއްލުންތައް ވެސް ދަނީ ލިބެމުންނެވެ.
http://sun.mv/albums/live_21578.jpg
ދާންދޫން ސަން އަށް މައުލޫމާތު ދިން މުހައްމަދު އަގީލް މިއަދު ބުނީ އެ ރަށުގެ ބައެއް ހިސާބުތައް ދެ ފޫޓާއި ދެ ފޫޓު ބަޔަށް ފެންބޮޑުވެފައިވާ ކަމަށެވެ.
http://sun.mv/albums/live_21574.jpg
އަދި ބައެއް ގޭގެ އަށް ފެން ވަދެ ހިފައި ގެންގުޅޭ ތަކެއްޗަށާއި ގޮދަޑި އާއި ޓީވީ ފަދަ އެއްޗިއްސަށް ފެންވަދެ ހަލާކުވެފައިވާ ކަމަށެވެ. އަދި އެ ރަށު ސްކޫލްގައި ވެސް ފެންބޮޑުވެ ކޮމްޕިއުޓަރު ފަދަ ތަކެއްޗަށް ފެނުގެ އަސަރުކޮށްފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.
http://sun.mv/albums/live_21575.jpg
އަގީލް ބުނީ އެ ރަށުގައި ފެންބޮޑުވެ ގޭގެ އަށް ފެންވަދެ އެއްޗެހި ހަލާކުވަމުން ދާތީ އެމްއެންޑީއެފްގެ އެހީތެރިކަމަށް އެދިފައިވާ ކަމަށެވެ. އަދި މިއަދުގެ ވަގުތެއްގައި އެމްއެންޑީއެފުން އެ ރަށަށް ފެން ހިއްކުމަށް ދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މިހާރު ރަށުތެރެއިން ފެން ހިއްކަމުން ދަނީ ފުލުހުންގެ އެހީތެރިކަމާ އެކު ކަމަށް ވެސް އޭނާ ބުންޏެވެ. ނަމަވެސް އެންމެ ޕަމްޕަކުން ފެންގަނޑު މައިތިރި ކުރެވިފައިނުވާ ކަމަށް އަގީލް ބުންޏެވެ.
ދާންދޫގެ އިތުރުން އެ އަތޮޅު ގައްދޫ އާއި ގެމަނަފުއްޓާއި ވިލިނގިލީގައި ވެސް ވަނީ ފެންބޮޑުވެފަ އެވެ.
http://sun.mv/albums/live_21571.jpg
ވިލިނގިލިން ސަން އަށް މައުލޫމާތުދިން ތަމްހީން ހަސަން މިއަދު ބުނީ އެރަށުގައި ފެންބޮޑުވެ ޖަންގުޝަންތަކުން ނަޖިސް ބޭރުވަމުންދާ ކަމަށެވެ. އަދި މުޅި ރަށު ތެރެއަށާއި ގޭގެއަށް ނަޖިސްތައް ވަންނަމުންދާ ކަމަށް ވެސް އޭނާ ބުންޏެވެ. އޭނާ ބުނީ ރެޑްކްރޮސް ޓީމާއި ފުލުހުންނާއި ރަށުގެ ރައްޔިތުން ގުޅިގެން ފެން ހިއްކުމުފެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.